Support Us

ސިކުނޑީގެ ތަޅު ނުހުޅުވޭތީ ހެއްޔެވެ؟

ތަޅެއްލައިގެން ސިކުނޑިހުޅުވައި ނުލެވި ތިޔަ ކީއްވެތޯއުޅެނީ
ފަޅެއް ހިކިފަސްތަނެއް ވަކިނުވެ ހަޔާތުގެ ދައުރު ތިޔަ ފުރަނީ

މަގެއްނެތް ވަލަކު މެދު ހުރެފައި އަވަށަކަށް ދާނެގޮތް ހޯދަން
އަގެއްނެތް ސިކުނޑިއެއްތޯ ބޮލު ތެރޭގައި ބުއްދިނެތް އެވަނީ

ޖަހާ ދާދަލުތެރޭ ބެދިގެން އެއިން ނެއްޓޭނެ ގޮތް ނެތިގެން
މަހާމެހި ހެން މަޅީ ބެދިގެން ހަލާކަށް ނަފުސު ހުށަހެޅެނީ

އުޅެންދެއްވެވި ޙަޔާތް ގަނޑުފެންކޮޅެއްހެން ހުސްވެ ވިރިދާއިރު
ކުޅެން ދުވެދުވެ ވެފައި ޣާފިލު އަގެއްނެތި ޢުމުރު ހުސްވެދަނީ

ސަފުން ޚާލިޤު އުފެއްދެވިހައި ތަކެއްޗާ ކާއިނާތުގެ ހެކި
ކަފުންލެވި ވަޅުލެވުމު ކުރިޔަށް ޔަޤީންކޮށް ލިބިނުގަނެ އުޅެނީ

ދެނޫރުގެ އަލިކަމާާ ބެބުޅުން އުޖާލާ ކުރުވި ދުނިޔޭގައި
އެނޫރުގެ އަލި ނުލިބި ކަޅުފޮއި އަނދިކަމުގައި ތިހިރަ ހިނގަނީ

ވަހާ ރަހަޔާއި ކުލަކުލާޔާ ރިވެތިކަން ލެއްވިޔަސް މަލުގައި
ބަހާރާ ވަކިވުމުގެ ކުރިޔަށް މަލުން އެ ކަރަމް ނުދެކި އުޅެނީ

ލަގަން ބުއްދީގެ ދޫކޮށްލައި އެހެން މީހަކު އަތަށް ދީގެން
މަގަށް ނުކުތަސް ދަނީ ދާންވާ ގޮތަށްތޯވެސް ބަލައިނުލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *