Support Us

ޕަންޕުތައް ބެހެއްޓެންދެން ފެން ހިންދުމުގެ މަސައްކަތް ކުރާނަން: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ފެން ބޮޑުވާނަމަ، ޕަންޕުތައް ބެހެއްޓެންދެން ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް، ތާރު އަޅައިގެން ތަރައްގީ ކުރި ހަތަރު ލޭނުގެ ބައިގައި ފެން ހިންދުމަށް ތިން ޕަމްޕު ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ 15ގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށެވެ.

"…ބޮޑުތަކުރުފާނު މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް މިހާރު ހަމަޖެހިފައިވަނީ 15 އޯގަސްޓު 2026 ވަނަ ދުވަހުގެ ކުރިންނެވެ. މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވާނަމަ، ފެން ހިންދުމުގެ މަސައްކަތް މި ކުންފުނިން ކުރަމުން ގެންދާނެ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." އެމްޓީސީސީން ބުނެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގައި މި ދުވަސްވަރު، ދޭތެރެ ދޭތެރެއިން މާލެ އަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *