Support Us

އިސްލާމީ އުއްމަތާއި މެދުއިރުމަތި

އަމާންކަން ގެއްލި މެދުއިރުމަތި މުޅިން ނާމާންވަނީ ތާއޭ
ސަމާލުނުވެވި ނިދަން ތިއްބާ ޔަހޫދީން ކެހި ދި ނީ ތާއޭ

ޓުރަންޕުގެ ވެރިކަމުގެ ވައިރަސް ފެތުރި މުޅިދުނިޔެ ހަލަބޮލިކޮށް
ހުރަސްއެޅި ޞުލްޙަވެރި ދޮރުތަައް ތަޅެއްލެވި ބަންދުވީ ތާއޭ

ޢަދާވާތްތެރިވެ ކަނޑިއުފުލުން ޙަރާމް ވިޔަކަސް މި އުއްމަތުގައި
ތަދާވޭނާ އަޚުން އަޚުނަށް ދިނުން ވަރިހަމަވަނީ ތާއޭ

އެނގޭން އޮވެ ރޫމު ސޫރަތު ބައްތިރީސްވަނަ އާޔަތުން ޙުކުމެއް
އެނގޭ ކަމަަކަށް އެކަން ނަހަދައި ޢަދާވާތް އިސްކުރީ ތާއޭ

އެކަކު އަނެކަކު ކުފުރުކުރެވޭ ތަފާތު އެތައް ނަމަށް ބައިކޮށް
އެކަމުގައި ދެން ތިމާމެންތިބި ބައޭ ރަނގަޅީ ހިތީ ތާއޭ

އެކަން ވިސްނައި ޔަހޫދީންތައް ނެގެންހުރި ކޮންމެ ފައިދާއެެއް
އެކަމުގައި ހޯދުމަށް އުއްމަތް ޢަދާވާތްތެރި ކުރީ ތާއޭ

ފިކުރު ހިންގައި މިކަންކަމުގައި މިއުއްމަތް މިންޖުކޮށްދޭން އެދި
ނިކުތް ޝައިޚެއް ފިލޯސަފަރެއް ފިކުރުވެރިއެއް ނެތީ ތާއޭ

މިއުއްމަތް އެކުވެ ގުޅިލާމެހި ބަދަހި ގުޅުމުން ވިނަމަ އެކުވެރި
މިއުއްމަތު ބާރު ސުޕަޕަވަރެއް ކަމީ ކަށަވަރު ކަމެއް ތާއޭ

ހިނގައިދިޔަ ދެވަނަ ބޮޑުހަނގުރާމަ އަޅުވެރި ކުރިގޮތަށް އުއްމަތް
ހިނގައިފިއްޔާ އެފަދަ ޙަރުބެެއް އޮތީ އަދިވެސް އެގޮތް ތާއޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *