Support Us

ހަށިގަނޑު ފިނިކޮށްލަން ވަދެވޭ އައިސް އަލަމާރިއެއް

ޖަޕާންގައި މި ދުވަސްވަރު ހޫނު ގަދަވެ މީހުންނަށް ހީޓް ސްޓްރޯކް ޖެހެމުންދާތީ ހަށިގަނޑު ފިނިކޮށްލަން އެތެރެއަށް ވަދެވޭ ފްރިޖެއް ތައާރަފުކޮށްފިއެވެ.

"ޑޯ ހީއަމޮން" ފޮށީގެ ނަން ދީފައިވާ މި އާދަޔާހިލާފު އާލާތް ތަރައްގީކުރީ ރެފްރިޖަރޭޓަރާއި ވެންޑިން މެޝިން އުފައްދާ އެސް.ޑީ.އާރް.އެސް ކުންފުނިންނެވެ. މި އުފެއްދުން މާކެޓްކުރަނީ ޓްރަސްކޯ ނަކަޔަމައިންނެވެ.

އިންސާނެއްގެ ހަށިގަނޑު ފަސް ވަރަކަށް މިނެޓު ތެރޭ ފިނިކޮށްލަދޭ މި ފްރިޖްގެ އަގަކީ 9،300 ޑޮލަރު (143،406ރ.)އެވެ. މި ފްރިޖްގެ އިސްކޮޅަކީ އާދައިގެ ވެންޑިން މެޝިންގެ ވެސް އުސްމިނެވެ.

މި ބޫތުގެ އެތެރޭގެ ފިނި މިނަކީ 15 ޑިގްރީ ސެލްސިއަސްއެވެ. މީހާގެ ހަށިގަނޑު ފިނިކޮށްލަން މީހާގެ ބޮލާއި ކަރާއި ކޮނޑާއި އަދި ބުރަކަށްޓަށް ފަސް ޑިގްރީ ސެލްސިއަސްގެ ފިނި ވައި ފޮނުވައިދެއެވެ.

މައިގަނޑު ގޮތެއްގައި މި ޑިވައިސް އަމާޒުކޮށްފައިވަނީ އިމާރާތްކުރާ ތަންތަނާއި ބޭރުގައި މަސައްކަތްކުރާ ތަންތަނަށެވެ. ސަބަބަކީ މީހުންނަށް ހީޓް ސްޓްރޯކް ޖެހުން މި ފަދަ މާހައުލުތަކުގައި އާއްމުވުމުންނެވެ.

"ހޫނުވުމުގެ ސަބަބުން މީހާއަށް އިހްސާސްކުރެވޭ ވަރުބަލިކަމުގެ އަލާމާތްތައް މި މެޝިނުން ނައްތައިލަދެނީ މީހާގެ ހަށިގަނޑު ފިނިކޮށްދީގެން،" މި ފްރިޖް އުފެއްދުމުގެ މަގުސަދު ބަޔާންކުރަމުން މި އައިސް އަލަމާރި އުފެއްދި ކުންފުނިން ބުންޏެވެ.

މި ފްރިޖް މިހާރު ބަހައްޓައިފައިވާ އެއް ތަނަކީ ގަންމާ ޕްރިފެކްޗާގެ މައެބަޝީ ސިޓީ ހޯލްއެވެ. އެ ތަން ހުޅުވައިފައި ހުންނަ ގަޑީގައި ފްރިޖް އާއްމުންނަށް ހިލޭ ބޭނުންކޮށްލެވެއެވެ.

މި ރަބީއު މޫސުމުގައި ޖަޕާންގައި ހޫނު ގަދަވެ، މީހުންނަށް ހީޓް ސްޓްރޯކް ޖެހެމުންދިއުން އިތުރުވަމުންދާތީ މި ފްރިޖަށް މީހުންގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ.

ހީޓް ސްޓްރޯކް ޖެހެނީ މީހާގެ ހަށިގަނޑު ގުދުރަތީ ގޮތުން ފިނިވުމަށް ހުރަސް އެޅޭތީއެވެ. މިއީ ފުރާނައަށް ނުރައްކާކުރާ ހާލަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *