މަށަށް ދިވެހީން ތެރޭން ފެނިފައިވި ކަމަނާއެއް މި ސިފަކުރަނީ
ވަށައިގެން އޭނަޔަށް ބެލިއިރު ސުވިސްކުއްޖެއްގެ ސިފަވެވުނީ
ލޮލުގެ ކުލަޔާއި ބައްޓަންވެސް ޕެރިސް ކުއްޖެއްގެސިފަ ހުރެފައި
ބޮލުގެ ހުޅިޔާއި ކުލަ ނޭޕާލު ކުއްޖަކު ހެންނެ ސިފަވެވުނީ
އުފެދިހުރި ހަށިގަނޑުން ބައްޓަން ޖަޕާނުގެ ކުއްޖެކޭ ފުރިހަމަ
ނުފެނިހުރި ސިފަތަކުން މަޣުރިބުގެ ކުއްޖެއް ސިފަ މަށަށް ވެވުނީ
ދެކަންހުޅިޔާއި ބުމައިން ފަރި ޔަމަނު ކުއްޖެއްގެ ސިފަ ހުރެފައި
ދެކަންފަތް ތުނިވެފައި ލަންޑަނުގެ ދޮންކުއްޖެއްގެ ސިފަވެވުނީ
މޮށޭލެއް ރީތިކަން ބަސް ހީވަނީ އުރުދޫން ބުނާފަދައޭ
މޮށޭއިރު ބަސް ދުލުގެ ހަލިކަން ޢަރަބި ކުއްޖެއްގެ ސިފަވެވުނީ
ޢިބާރާތް ކުރުމުގައި ހުރި ލަފުޒުތައް އޮފުދާރުކަން ފެނުމުން
ޢިބާރާތުން އެއީ އިނގިރޭސި ކުއްޖެއް ކަމުގަޔޭ ބެލުނީ
ހިނގާލާ ރީތި ފަރި ހިނގުމާ އަރާ ލޮޅުމާއި ބަނޑިތަކުގައި
ނިގާބުންވެސް އެއީ، އުރުދުންގެ އަންހެން ކުއްޖެކޭ ހިތުނީ
އެކަމަނާ ގޮސް ހަވީރު ފިނީ އިނީ ރަސްފަންނުގައި ނަމަވެސް
އެކަނިވެރިކޮށް އެއިން ތަނަކީ ހަވާއީ ކަމަށެ ހީވެވުނީ
ކުރިން ދިވެހީން މިސާލަށް ދޮންހިޔަލަ ގެނެޔަސް މިހާލަތުގައި
ކުރިންހުރި އާދަ ނެތި ދިއުމުން ވަޠަން އޮތް ހާލަތޭ އެނގެނީ
