Support Us

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 މީހަކަށް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 މީހަކަށް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި 26ގެ ހެނދުނު ބާއްވާ ޖަލްސާގައި އިނާމު ލިބޭ މީހުންނަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މީހުންގެ ތެރެއިން، މިހާތަނަށް އިނާމު ދީފައިނުވާ މީހުންނަށް މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މީހުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވުމުން، އެ މައުލޫމާތު އެ ކޮމިޓީން ދިރާސާކޮށް، އެ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި މީހުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެއްޓެވި ފަހުން ވަކި މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މީހުންގެ ނަންތައް ކޮންމެ އަހަރަކުވެސް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައެވެ. މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާ މީހުންގެ ނަންތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން އެ އެންމެނަށް މި އިނާމު ވަނީ ދެއްވައިފައެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ހުޅުވައިލައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، 130 ފޯމު ވަނީ ހުށަހަޅައިފައެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބަލައި އިންޓަވިޔު ކުރުމަށްފަހު، ޝަރުޠު ހަމަވާ މީހުންނަށް އިނާމު ދެއްވާނީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *