Support Us

ގިނަ މީހުން ހިނގަނީ ގަޑީގެ ކަށި އެނބުރޭ ގޮތާ ނުވަތަށް: ދިރާސާ

ގިނަ މީހުން ހިނގަނީ ގަޑީގެ ކަށި އެނބުރޭ ގޮތް (ކްލޮކްވައިސް)އާ ހިލާފަށް އެންޓި-ކްލޮކްވައިސްކޮށް ކަމަށް ބައިނަލްއަގުވާމީ އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

މިއީ ވަކި ސަގާފަތަކަށް، ޖިންސަކަށް، މީހާ އެކަނި ހުންނަ ހުރުމަށް ނުވަތަ ބައިވަރު މީހުންގެ ތެރޭގައި ހުރުމަކަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށް ދިރާސާއިން ދެއްކިއެވެ.

ސްޕެއިން އާއި ޖަޕާންގައި ކުރި ތަހުލީލުތަކުން އެނގުނީ 65 ޕަސެންޓް މީހުން އެނބުރެނީ ވައަތް ފަރާތަށް ކަމަށެވެ. މިއީ ތަފާސްހިސާބުގެ ގޮތުން ފާހަގަކުރެވޭ މިންވަރެއް ކަމަށް ދިރާސާކުރި ފަރާތްތަކުން ބުންޏެވެ.

ހުސް ބިމެއްގައި ހުރެފައި ހިނގައިގަންނަނަމަ ހިނގައިގަންނަނީ ވައަތަށް އެނބުރިފައެވެ. ވައްކޮށް ހުރި ތަނެއްގައި ހިނގަން ބުނެފިނަމަ ހިނގައިގަންނަން ފަށަނީ ވައަތަށް އެނބުރިފައެވެ. އަދި ކުރިމަތީގައި ހުރަހެއް ހުރިނަމަ ނުވަތަ ބައިވަރު މީހުންތަކެއް ތިބި ނަމަވެސް މީހުން ހިނގައިގަންނަން ފަށަނީ ވައަތަށް އެނބުރިފައެވެ.

ރިސާޗްކުރި ޓީމުން ބުނީ ގިނަ މީހުން (ކްރައުޑް)އަކަށްވުރެ މި ޓްރެންޑް ފާހަގަ ކުރެވުނީ "އިންޑިވިޖުއަލް" ނުވަތަ ފަރުދީ ގޮތުން މީހުންގައި ހުރި ސިފައެއް ކަމަށެވެ.

"މި ނަތީޖާ ފެނިގެންދާނެ ކަމަށް އެއްގޮތަކަށް ވެސް ހިއެއްނުކުރަން،" ދިރާސާގައި ބައިވެރިވި ޖަޕާންގެ ވެރިރަށް ޓޯކްޔޯގެ ވަސެޑަ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ކްލޯޑިއޯ ފެލީޗާނީ ބުންޏެވެ.

"ހަމަ ގައިމު ވެސް ކްލޮކްވައިސަށްވުރެ އެންޓި-ކްލޮކްވައިސްކޮށް މީހުން އެނބުރުމުގެ ޓްރެންޑެއް ވާކަން ފާހަގަކުރެވުނު،" އޭނާ ބުންޏެވެ.

މި ކަމުގެ އަސްލު ސަބަބު ނޭނގޭ ކަމަށް ދިރާސާކުރި ފަރާތްތަކުން ބުންޏެވެ.

ފެލީޗާނީ ބުނީ މިއީ އިންސާނުންގެ ބަޔޯމެކަނިކަލް (އެތެރެ އާއި ބޭރުގައިވާ ކަންތައްތަކަށް އަމަލުކުރާ ގޮތް)ގެ ނިޒާމުގައި ނުސީދާ ކަމެއް ނުވަތަ "އެސިމެޓްރީ"އެއް ހުރުމުން ވާ ކަމަކަށް ވެދާނެ ކަމަށެވެ.

"ދިރާސާގެ ހޯދުންތަކުގެ ސަބަބުން އިމާރާތްތަކުގެ ފަރުމާ ބައްޓަން ކުރުމުގައާއި އާއްމުން އެއްވާ ތަންތަން ހެދުމުގައާއި އަދި މީހުން ސަލާމަތް ކުރަން ގާއިމުކުރާ އެވަކުއޭޝަން މަގުތަކާއި ރޫޓުތައް ބިނާކުރުމަށް އެހީއަކަށްވާނެ،" ފެލީޗާނީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *