Support Us

އީ.އެމް.އެސް އިން ފޮނުވާ ކޮންމެ ޝިޕްމަންޓަކަށް %26ގެ ޑިސްކައުންޓެއް

އެކްސްޕްރެސް މެއިލް ސަރވިސްގެ (EMS) އިން ފޮނުވާ ކޮންމެ ޝިޕްމަންޓަކަށް %26ގެ ޑިސްކައުންޓެއް ދޭ ހާއްސަ ޕްރޮމޯޝަނެއް މިހާރު ކުރިއަށްދާ ފީފާ ވޯލްކަޕާ ގުޅިގެން ވަނީ ފަށައިފައެވެ.

މޯލްޑިވްސް ޕޯސްޓް އިން ބުނާ ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 19 އާ ހަމައަށެވެ.

އީ.އެމް.އެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޑެލިވަރ ކުރެވޭނެ ސަރވިސްއެކެވެ. އީ.އެމް.އެސް މެދުވެރިކޮށް 177 ގައުމަށް ތަކެތި ފޮނުވޭނެއެވެ. އީ.އެމް.އެސްގެ ޚިދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޮންމެ އައުޓްލެޓްއަކުންވެސް ލިބިގެންދާނެއެވެ. އަދި، މޯލްޑިވްސް ޕޯސްޓްގެ ވެބްސައިޓް މެދުވެރިކޮށް "ޕޯސްޓޭޖް ކަލްކިއުލޭޓަރ" އެހީގައި ކަސްޓަމަރުނަށް ތަކެތި ފޮނުވުމުގެ އަގު ބަލައިލެވޭނެއެވެ.

ޑިސްކައުންޓް ޕްރޮމޯޝަނާއެކު ސްކޯ ޕްރިޑިކްޝަން އިވެންޓެއްވެސް މޯލްޑިވްސް ޕޯސްޓްގެ ފޭސްބުކް އަދި އިންސްޓާގްރާމްގައި ކުރިއަށް ގެންދެއެވެ. މި އިވެންޓްގައި ބައިވެރިވުމަށް ކޮންމެ މެޗްއެއްގެ ދެވަނަ ހާފް ފެށުމުގެ ކުރިން މޯލްޑިވްސް ޕޯސްޓްގެ ފޭސްބުކް އަދި އިންސްޓާގްރާމްގައި ހިއްސާކުރެވިފައިވާ، އެ މެޗަކަށް ހާއްސަ ޕޯސްޓްގައި ސްކޯޕްރިޑިކްޝަން ކޮމެންޓްކުރަން ވާނެއެވެ. ދެވަނަ ހާފްގެ ފަހުން އަދި އޮރިޖިނަލް ކޮމެންޓް އެޑިޓްކޮށްފިނަމަ އެކޮމެންޓް ބާތިލްވާނެއެވެ.

އެންމެ ގިނައިން ސްކޯ ދިމާކުރާ ފަރާތަކަށް، މޯލްޑިވްސް ޕޯސްޓްގެ ފަރާތުން އަގުހުރި ހަދިޔާތަކެއް ކަސްޓަމަރުންނަށް ދޭނެއެވެ. މި ގޮތުން ސްޓޭޖް އެކެއްގެ ނަސީބުވެރިއަކަށް ޕޯޗްގަލް ޖާރޒީ، ދެވަނަ ސްޓޭޖްގެ ނަސީބުވެރިއަކަށް ފްރާންސްގެ ޖާރޒީ އަދި މުޅި އިވެންޓްގެ ނަސީބުވެރިއަކަށް ފީފާ ވޯލްކަޕް ހިސްޓްރީ ބޯލްސެޓް އަދި 20 ކިލޯގެ އީ.އެމް.އެސް ވައުޗަރެއް ލިބެއެވެ.