ޣައްޒާއަށް ދިން ހަމަލާތަކެއްގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ހަތަރު މީހުން ޝަހީދުވެއްޖެއެވެ.
"އިއްޔެ ދިން ހަމަލާތަކުގައި އެތައް ދޮޅަހެއްގެ މީހުން ޒަހަމް ވެސް ވި،" ފަލަސްތީންގެ ސިއްހީ އޮފިޝަލަކު ބުންޏެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ޚާން ޔޫނިސް އާއި ބައިތު ލާހިޔާގައި ހުރި، ގެދޮރު ދޫކޮށް ދާން ޖެހިފައިވާ މީހުންގެ ޓެންޓްތަކަށް ހަމަލާދީ މުޅިއަކު 43 މީހުން ޒަހަމްކޮށްލައިފައެވެ.
އިސްރާއީލުން ވަނީ ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅައިފައިވާ އަލްމަވާސީގައި، ގެދޮރު ދޫކޮށް ދާން ޖެހިފައިވާ މީހުން ދިރިއުޅޭ ވަގުތީ ޓެންޓްތަކަށް ވައިގެ މަގުން ދޭ ހަމަލާތައް އިތުރުކޮށްފައެވެ.
އިސްރާއީލުން ބުނީ އެ ގައުމުން ހަމަލާތައް ދެނީ ޣައްޒާގައި އުޅޭ، ޣައްޒާ ހިންގާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
ދެ އަހަރު ވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން އިސްރާއީލުން ހަމާސްއާއެކު ސީޒްފަޔާއެއް ގާއިމުކުރިޔަސް، ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާތީ މިހާތަނަށް ވަނީ ޣައްޒާގެ 73،054 މީހުން ޝަހީދުވެ، 173،480 މީހުން ޒަހަމްވެފައެވެ.



advertisment