Support Us

ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވައިލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ފުރަތަމަ ޚިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ހުޅުވައިލައިފިއެވެ.

ޓްރީ ޓޮޕުން ބުނީ ޖުލައިގެ ސްކޫލް ބަންދާ ދިމާކޮށް ބާއްވާ މި ކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 16ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވައިލައިފައިވާ ކަމަށެވެ.

ހިތާނީ ކޭމްޕްގެ ތަފްސީލް:

* ޕެކޭޖް އަގު: 6,500ރ.

* އާސަންދަ ކަވަރޭޖް: 1,000ރ.

* ދައްކަންޖެހޭ އަދަދު: 5,500ރ.

* ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 16 ޖުލައި 2026 ގެ ނިޔަލަށް

* ކޮންސަލްޓޭޝަން އަދި ޕްރޮސީޖަރ ތާރީޚްތައް: 12 ޖުލައި 2026 އިން 1 އޮގަސްޓް 2026 އަށް

ހިތާނީ ޕެކޭޖްގައި ހިމެނެނީ:

• ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން

• ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް

• ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން

• އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް

• އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން

• ފޮލޯއަޕް ކޮންސަލްޓޭޝަން

• އޮޕަރޭޝަނަށްފަހު ލުއި ކެއުން

• ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުޞަތު

"މި ކޭމްޕުގައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ޚާއްޞަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދެވެ." ޓްރީ ޓޮޕުން ބުނެއެވެ.

"އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި. މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް."

ހިތާނީ ކޭމްޕާ އިތުރު މަޢުލޫމާތު ހޯދުމަށް 3351610އަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕުން އެދެއެވެ.