Support Us

ސޫދާންގައި ބަޔަކު މި މަހު 8 ގައި ގަނބައިގެންފައިވާ ގާޑިއަލެއް ފަސްގަނޑުން ނެގުމަށް ކޮއްޕަނީ

ސޫދާންގެ އަލްއުބައިދު އާރް.އެސް.އެފްއިން ވަށައިލުމުން ދުނިޔޭގެ ކަންބޮޑުވުން

ސޫދާންގެ ސަރުކާރާ ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)އިން އެ ގައުމުގެ ދަތުރުފަތުރާއި ސަޕްލައި ހަބެއް ކަމަށްވާ އަލްއުބައިދު ސަހަރު ވަށައިލުމުން ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދ.އާއި އެމެރިކާގެ އިތުރުން ހުޅަނގުގެ ގައުމުތަކުން އާރް.އެސް.އެފްއަށާއި ސޫދާންގެ ސަރުކާރަށް އިއްޔެ ގޮވައިލީ އާއްމު ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމަށެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނީ 2023 ގައި ފެށި އަހުލީ ހަނގުރާމައިގައި އަލްއުބައިދު އާރް.އެސް.އެފްއިން ހިފައިފިނަމަ އެތައް ހާސް ރައްޔިތުންނާ ދެކޮޅަށް ޖަރީމާ ހިންގުމުގެ ބިރު އެބައޮތް ކަމަށެވެ.

"އާރް.އެސް.އެފް އާއި އެ ގްރޫޕާ ގުޅިފައިވާ ހަނގުރާމަވެރިން އަލްއުބައިދު ވަށައިލަމުންދާކަމުގެ ރިޕޯޓްތަކާމެދު އަހަރެމެން ވަރަށް ބޮޑަށް ކަންބޮޑުވަން. އަހަރެމެން ގޮވައިލަނީ ސަރުކާރާ ވާހަކަދައްކައިގެން ހައްލެއް ހޯދުމަށާއި އާއްމު ރައްޔިތުން ރައްކާތެރިކުރަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އެފްރިކާ ބައްރާ ބެހޭ ގޮތުން ލަފާއަރުވާ އެޑްވައިޒަރު މަސްއަދު ބޫލަސް ބުންޏެވެ.

އދ.އިން ބުނީ އަލްއުބައިދު ހިފައިފިނަމަ ވެގެންދާނީ މި ދިޔަ އަހަރު އޮކްޓޫބަރުގައި އާރް.އެސް.އެފްއިން އަލްފާޝިރު ސަހަރު ހިފުމަށް ގަތުލުއާއްމެއް ހިންގައި، އަރަބި ނޫން ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތައިލަން ހިންގި ޖެނޮސައިޑެއް ފަދަ ކަމަކަށް ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނީ އާރް.އެސް.އެފްއިން އަލްއުބައިދަށް ހަމަލާދީފިނަމަ 500،000 މީހުން އާރް.އެސް.އެފްގެ ޖަރީމާތަކުގެ ޝިކާރައަކަށް ވެދާނެ ކަމަށެވެ. އަދި އުތުރު ކުރްދުފާން އާއި އެ ސަރަހައްދުގެ ވެރިރަށް ކަމަށްވާ އަލްއުބައިދުގައި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ޑްރޯނުން ހަމަލާދީ 50 އާއްމުން މަރައިލައިފައިވާ ކަމަށެވެ.

އާރް.އެސް.އެފްގެ ލީޑަރު މުހައްމަދު ހަމްދާން ދަގަލޫ އަދިވެސް ބުނަމުންދަނީ ސަރުކާރާ ދެކޮޅަށް އެ ގްރޫޕުން ހަނގުރާމަ ކުރަމުންދަނީ ސޫދާން "މިނިވަން ކުރަން" ކަމަށެވެ. އޭނާ ބުނީ އޭނާގެ ގްރޫޕްގެ ބޭނުމަކީ މަދަނީ ވެރިކަމެއް ސޫދާންގައި ގާއިމު ކުރުން ކަމަށެވެ. ސޫދާންގެ އާއްމުންނާ ދެކޮޅަށް ޖަރީމާ ހިންގާކަމުގެ ތުހުމަތާ އޭނާ ދެކޮޅުހެދިއެވެ.

ސޫދާންގެ އަހުލީ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން ސޫދާން ވެފައިވަނީ ދުނިޔޭގައި އެންމެ ސީރިއަސް އިންސާނީ ކާރިސާ ކުރިމަތިވެފައިވާ އެއް ގައުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *