Support Us

ފިލިޕީންސްގެ ލޭޓެ ޖަޒީރާގެ ޓަކްލޮބަން ސިޓީގެ ސަން ހޮސެ ނެޝަނަލް ހައި ސްކޫލް ފުލުހުން މިއަދު ބަންދުކޮށްފައި

ފިލިޕީންސް ސްކޫލެއްތެރޭ ބަޑިޖެހުމުން 3 ދަރިވަރުން މަރު، ބަޑިޖެހި 2 ދަރިވަރުން ހައްޔަރަށް

ފިލިޕީންސްގެ ސްކޫލެއް ތެރޭގައި މިއަދު ދެ ދަރިވަރުން ބަޑިޖެހުމުން ތިން ދަރިވަރުން މަރުވެއްޖެއެވެ.

އެ ގައުމުގެ ލޭޓެ ޖަޒީރާގެ ޓަކްލޮބަން ސަހަރުގައި ހުންނަ ސަން ހޮސެ ނެޝަނަލް ހައި ސްކޫލްގައި ބަޑިޖެހުމުން ހަތް މީހުން ޒަހަމް ވެސްވިއެވެ.

ފުލުހުން ވަނީ ބަޑިޖެހި ދެ ދަރިވަރުން ހައްޔަރުކޮށްފައެވެ. އެއީ ދެ ފިރިހެންކުދިންނެވެ. އެއް ކުއްޖެއްގެ އުމުރަކީ 14 ކަމަށްވާއިރު އަނެއް ކުއްޖާގެ އުމުރަކީ 15 އެވެ.

"އެއް ދަރިވަރު ހައްޔަރުކުރީ ހަމަލާދިން ތަނުން. އަނެއް ދަރިވަރު ފަހުން އަމާންދިނީ. ތަހުގީގު ދަނީ ކުރިއަށް،" ޓަކްލޮބަންގެ ފުލުހުންގެ ވެރިޔާ ކާނަލް ނޮއެލީޓޯ ގެޓީގަން ބުންޏެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނީ މިއީ ހަނގާކުރުމުގެ މައްސަލައެއްކަމަށް ރިޕޯޓް ކޮށްފައިވާތީ އެ ކަން ބަލަމުންދާކަމަށެވެ.

ރައީސް ފާޑިނަންޑް މާކޮސް ޖޫނިއާގެ އޮފީހުން ބުނީ މި ހާދިސާގެ ސަބަބުން މާކޮސްއަށް ހިތާމަ ލިބިވަޑައިގެންފައިވާކަމަށެވެ.

"ފުރިހަމަ ތަހުގީގެއް ކުރުމަށާއި ސްކޫލްތަކުގައި މިހާރަށްވުރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅަން ރައީސް އަމުރުކުރެއްވި،" އެ އޮފީހުން ބުންޏެވެ.

ފިލިޕީންސްގައި ސްކޫލްތަކުގައި ބަޑިޖެހުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. ޖުލައި 2022 ގައި ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި މީހަކު ބަޑިޖެހުމުން ތިން މީހުން މަރުވިއެވެ. އޭގޭ ތެރޭގައި ކުރީގެ މޭޔަރެއް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *