ހަމަލޮލަށް ފެންނާނެ އެންމެ ފުރިހަމަ މާހުޅެވި ހަނދަކާއެކު ނުވަތަ ނިއު ސުޕަމޫނަކާއެކު، ހިޖްރީ އާ އަހަރު، މި ޖޫންމަހު 16 ވާ އަންގާރަ ދުވަހު ފެށޭނެއެވެ. އެކަމާމެދު ފަލަކީގޮތުން ކުޑަވެސް ޝައްކުކަމެއް ނެތެވެ.
އެކަން ކަށަވަރުމަށްޓަކައި ފަލަކީގޮތުން ބަލާން ހުރި ބައެއް އަސާސީ ނުކުތާތަކަަށް ބަލައިލާއިރު، ހިނގަމުންދާ ހައްޖުމަހުގައި ދުނިޔޭގެ ވަށައިގެން ހަނދު ޖަހަމުންދާ ބުރު، މާދަމާ، ޖޫންމަހުގެ 15 ވަނަ ދުވަހު ހެނދުނު މާލޭގަޑިން 07:54 ގައި މިއަހެލި ނަކަތުގެ ތެރޭގައި ފުރިހަމަކޮށް އިރާއި ހަނދާ އެެއް ނަކަތެއްގެ ތެރޭގައި ބައްދަލުވާކަން ނުވަތަ އެއްއުއިވާކަން އެނގޭން އޮވެއެވެ.
އަދި އެދުވަހު އިރު ހުންނާނީ އުތުރު ޢަރުޟުން 23 ދަރަޖަ 19 ދަގީގުގައިކަން އެނގޭން އޮވެފައި އެ ޢަރުޟުގައި އިރުހުންނަ ދުވަސްދުވަހު ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ފަހުން އިރުއޮސޭނޭ އެއް ރަށެއް ކަމުގައިވާ ހދ. މަކުނުދޫއަށް އެ ދުވަހު، އިރު އޮއްސޭނީ އެ ދުވަހު އެރަށަށް މަޣްރިބު ނަމާދުގެ ވަގުތުވުމުގެ 2 މިނިޓު ކުރިން، ހަވީރު 06:25 ގައި ކަމަށްވެފައި، މަކުނުދޫއަށް އެދުވަހު އިރުއޮއްސޭ ވަގުތަށްވުރެ 37 މިނިޓު ހަނދު އޮއްސުން ފަސްވާނޭކަން އެނގޭން އޮންނަ އޮތުން ހިމެނެއެވެ.
އެހެންކަމުން، މަކުނުދޫއަށް އިރަށް ވުރެ ހަނދު އޮއްސުން ފަސްވާ ފަސްވުމަކީ، ރާއްޖެއަށް އެދުވަހު އިރަށްވުރެ ހަނދު އޮއްސުން ފަސްވާނޭކަން ކަށަވަރުވާ ކަށަވަރު ވުމެއް ކަމުގައި ވެއެވެ.
އޭގެ އިތުރުން ދުނިޔޭގެ އެންމެ އިރުމަތީގައި އޮންނަ އިސްލާމީ ދައުލަތަކީ އިންޑޮނޭޝިއާ ކަމަށްވެފައި، އިންޑޮނޭޝިއާ އަށްވެސް އެދުވަހު އިރު އޮއްސޭ ވަގުތަށްވުރެ 15 މިނިޓު ހަނދު އޮއްސުން ފަސްވާނޭކަން ކަށަވަރުވެ އެނގޭން އޮވެއެވެ.
އެހެންކަމަށްވާތީ، މި ޖޫނަހުގެ 15 ވަނަ ދުވަހު، އިރު އޮއްސުމުގެ ފަހުން ހަނދު ފެންމަތީގައި ނުހުންނާނޭ އިސްލާމީ އެއްވެސް ދައުލަތެއް ނެތްކަން އެނގޭން އޮންނަ އޮތުމަކީ، މި ޖޫންމަހުގެ 16 ވާ އަންގާރަ ދުވަހަކީ، މުޅި އިސްލާމީ ދުނިޔެއަށްވެސް ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހަށް ވާނޭކަމާމެދަކު ކުޑަވެސް ޝައްކެއް ޚިލާފެއް ނެތެވެ.
އޭގެ އިތުރުން މާދަމާ އަކީ، މޫސުން ރީތިނަމަ ރާއްޖެއަށް ހުޅެވި ހަނދު، ނުވަތަ ހަނދުގެ ހުޅެވި ހަމަލޮލަށް ފެންނާނޭ ދުވަހެކެވެ. އާ މާހެއްގެ ފުރަތަމަރޭގެ ހުޅެވިހަނދު ހަމަލޮލަށް ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ވަރަށް ނާދިރު ކަމެކެވެ.
މާދަމާ އިރު އޮއްސުމުގެ ފަހުން ހުޅެވިހަނދު ފެންނާން މެދުވެރިވާ ސަބަބަކީ، އެރޭ ހުންނާނީ އެންމެ ފުރިހަމަ ސުޕަރ ނިއުމޫނެއް ނުވަތަ މާހުޅެވިހަނދެެެއް ކަމަށްވާތީއެވެ. އެރޭ ހަނދުގެ ހުޅެވި އަރިވާނީ އުތުރަށެވެ.



advertisment