ޙައްޖާއި ޢުމުރާއަށްޓަކަައި ސަޢުދީން ވަރަށް ޚިދުމަތް ކުރޭ
މައްކާ މަދީނާގައި އެހެރަ ދެ ޙަރަމް އެއަށަ ތަނަވަސް ކުރޭ
ސަލްމާނު ބުނު ޢަބްދުލް ޢަޒީޒް ރަސްކަމުގެ ދެއްވާ އިސްކަމުން
ތަލްބީޔާ ކިޔަމުންދާ މީސްތަކުން ތާރީފުތައް ގިނަގުނަ ކުރޭ
ހަގަކަސް ވަލީޢަހުދުގެ އެމާތް ޝަޢުނާއި ޝައުކަތު ގަދަފަދަވެ
ރަނގަޅަށް އެތާނގެ ނިޒްމުތައް ބޮއްސުންނުލާހެން އިސްކުރޭ
އަމަނާ އަމާންކަން ދުނިޔެއިން އެެއްވަނަ ދިނުން ހަމަ ޙައްޤުވޭ
ޢަމަލީގޮތުން މުޅި އަސްކަރީން ހުރިހައި ވަގުތުތައް ހުސްކުރޭ
ދުނިޔޭގެ ހުރިހައި ގައުމަކަށް ޙައްޖަށް އެދެއްވާ ދަޢުވަތުން
ދުނިޔޭގެ އެކިއެކި ކަންކޮޅަށް ޙައްޖުގެ މަގަށް މަގުފަހި ކުރޭ
އެކިއެކި ޠަވާފާ ސަޢުޔުގައި ޖަމްރާތަކަށް ހިލަ އުކުމުގައި
ދެކިފައި ކުރިން ނެތްހައި މޮޅަށް ތޮއްނުޖެހި ވާގޮތް ފަހިކުރޭ
ޝުކުރާއި ގިނަގުނަ ހެޔޮ ދުޢާ ސަޢުދީގެ މަތިވެރި ރަސްކަމަށް
ނުކުރަންވި ސަބަބެއް ނެތްކަމުން ޙާޖީން ދުޢާ ގިނަގުނަ ކުރޭ
