Support Us

މުހުތާޒު މުހުސިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސަލާމް ކުރައްވަނީ

ސިޔާސީ މަންފާއަކަށްޓަކައި ދުންފަތާއި ވޭޕް އޯކޭ ކަމަށް ދެއްކުމަކީ ސިއްޚީ ދުޅަހެޔޮކަމަށް ގަސްތުގައި ހުރަސްއެޅުން: މުހުތާޒު

ސިޔާސީ މަންފާއަކަށްޓަކައި ދުންފަތާއި ވޭޕް އޯކޭ ކަމަށް ދެއްކުމަކީ ސިއްޚީ ދުޅަހެޔޮކަމަށް ގަސްތުގައި ހުރަސްއެޅުން ކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޝްހޫރު ގާނޫނީ ވަކީލް ވިދާޅުވީ ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރަން ނިންމީ ސިޔާސީ ހެޑްލައިން ހަދާކަށް ނޫން ކަމަށެވެ.

މުހުތާޒް މިހެން ވިދާޅުވީ ސަރުކާރުން ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ގުޅިގެން، ސިޔާސީ ބައެއް ފަރާތްތަކުން އެކަމަށް ހަޖޫ ޖަހައި، އެއީ ޒާތީ ދިރިއުޅުމަށް ސަރުކާރުން ވަނުން ކަމަށް ބުނެ، ވޭޕާއި ދުންފަތުގެ ކޮންޓްރޯލް ދޫކޮށްލުމަށް ވަކާލާތުކުރަން ފަށައިފައިވާ ދަނޑިވަޅެއްގައެވެ.

"…މިއީ ސިއްހީ މާހިރުންނާއި ބެލެނިވެރިންގެ ބޮޑު އެދުމެއްގެ މަތިން، އަޅުގަނޑުމެންގެ ޅަޖީލު ނުރައްކާތެރި ވަބާއަކުން ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް. ހަމަ އެހެންމެ، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަގްސަދަކީ އެކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން. މިފަދަ ކަންކަމަކީ ޒާތީ ދިރިއުޅުމަށް ވަނުން ކަމަށް ބުނެ، ސިޔާސީ މަންފާއަކަށްޓަކައި ދުންފަތާއި ވޭޕް އޯކޭ ކަމަށް ދެއްކުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. މިއީ ސިއްޚީ ދުޅަހެޔޮކަމަށް ގަސްތުގައި ހުރަސްއެޅުން. މިފަދަ ކަންކަމުގައި ވަކާލާތު ކުރާ ފަރާތްތަކުގެ ނިޔަތާމެދު ރައްޔިތުން ވިސްނަވަންޖެހޭ. މިއީ ސިޔާސީ ކުރަންޖެހޭ ކަމެއް ނޫން، މިއީ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ގައުމީ މައްސަލައެއް،" ސިންގަޕީރުގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި މުހުތާޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *