Support Us

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް ދިވެހިންނަށް

އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ކުރިއަށް ގެންދާ މި ޕާޓްނަޝިޕްގެ ދަށުން ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިޔާގެ އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަތުމުން މިހާރު ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެ ކަމަށް މޯލްޑިވްސް ޕޯސްޓް އިން ބުނެއެވެ.

އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން، އިކިއާ ފަދަ މަޝްހޫރު ގިނަ ޕްލެޓްފޯމްތަށް ހިމެނެ އެވެ.

މި ޕްލެޓްފޯމްތަކުން ފެޝަން އަދި ލައިފް ސްޓައިލް ޕްރޮޑަކްޓްސް އާއި އިލެޓްރޯނިކްސް އެންޑް އިލްޓްރޯނިކް އެކްސެސަރީސް އަދި ބަދިގެއަށް ބޭނުންވާ ސާމާނާއި ބިއުޓީ އެންޑް ވެލްނެސް ޕްރަޓަކްތަކާއި އެހެނިހެން ހުރިހާ ޕްރަކްޓްތަކެއްވެސް ގަނެލެވޭނެ އެވެ.

ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވަމުން އަންނަ އިތުބާރު ލިބިފައިވާ ޕްލެޓްފޯމެކެވެ.

ގްލޯބަލް ދުކާންއިން ވިޔަފާރި ކުރުމަށް އިންޑިޔާގެ އެޑްރެސްއެއް ބޭނުމެއްނުވާނެއެވެ.

ގްލޯބަލް ދުކާން އިން ވިޔަފާރި ކުރާނީ ކިހިނެއް؟

• އެޕް ސްޓޯރ ނުވަތަ ޕްލޭސްޓޯރގައި ގްލޯބަލް ދުކާން ސާރޗް ކޮށްލާ އަދި އެއަށްފަހު އެޕް އިންސްޓޯލް ކޮށްލާ!

• www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް ގްލޯބަލް ޑުކާން ބޭނުންކުރެވޭނެ

• ލޮގިން އަދި ސައިން އަޕް މެދުވެރިކޮށް ލޮގިންވެލައްވާ

• އެޕްގެ ހޯމް ސްކްރީން އިން އިންޑިއާގެ އެކި އީކޮމާސް ޕްލެޓްފޯމްތައް ފެނިގެންދާނެ

• ހިޔާރު ކުރައްވާ އީކޮމާސް ޕްލެޓްފޯމްއަށް އޮބާލާ. އޮބާލުމުން ގްލޯބަލް ދުކާންގެ ތެރެއިން އެ ފިހާރައަށް ވަދެވިގެންދާނެ

• ހިޔާރު ކުރައްވާ އައިޓަމްއަށް އޮބާލުމުން "ސޮޕް ވިއާ ގްލޯބަލް ދުކާން" އަށް އޮބައިލާ، އޭރުން އެއައިޓަމް ކާޓް އަށް ލެވިގެންދާނެ (އެޕް މެދުވެރިކޮށް ޝޮޕް ކުރުމަށް ވަކި އީކޮމާސް ޕްލެޓްފޯމްތަކަށް ސައިންއިން ކުރާކަށް ނުޖެހޭނެ)

• ކާޓް އަށް ލެވޭ އައިޓަމްގެ އަގު ކޮންފޯމް ކޮށްލުމަށް އިރުކޮޅެއް ބޭނުންވާނެ. އަގު ކޮންފާމްވުމުން ކާޓްއިން ތަކެތީގެ ފައިނަލް އަގު ފެނިގެންދާނެ

• ކާޓްއަށް އެކި ވެބްސައިން ތަކުންވެސް އައިޓަމް އެޑް ކުރުމަށްފަހު އެއްކޮށްވެސް ޕޭކޮށްލެވޭނެއެވެ.

އިތުރުމައުލޫ ހޯދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލްސެންޓަރ ނަންބަރ 3315555 ނުވަތަ މޯލްޑިވެސް ޕޯސްޓް ވެބްސައިޓްއިން ޓޯކް މެދުވެރިކޮށް މެސެޖުކޮށްލެވޭނެއެވެ.

ތިރީގައިވާ ލިންކަށް ފިއްތައްވާލައްވާ!

އައި.އޯ.އެސް:

ޕްލޭސްޓޯރ:

ވެބްސައިޓް: