އަމާނާތް ހިނގައްޖޭ ބުރައިގެން ވަޔާ
ޒަމާނީ ނުފޫޒުން ދެމޭ ގަދަ އޮޔާ
ކަމާމެދު މި ނެތުމުން ބޮޑުން ލެއްޚިޔާ
އަމާން ބަނދަރަކަށްދާން ނުނަގަޔޭ ރިޔާ
އިމާ އަދި ސިޔާދަތު ނުވެސްދޭ ކިޔާ
ހިމާޔަތުގެ ފިިކުރެއް ސަތަކުނެތް ސިޔާ
ތިމާމެން އުޅުން ވީހިނދުން ދޯދިޔާ
ދިމާއެއް ނެތޭ ހޯދުމަށް ދާން ހިޔާ
ޢިމާރާތް ބިނާ ކުޅަޔަކަސް ކޮށްހިޔާ
ރިމާދުގެ މިސާލުން ދަތުން އޮތް ޤިޔާ
ދިމާކުރުމުގައި ނެއްޓި އަކުޑިން ދިޔާ
ވިމާތް މުސްލިމުންނޭ ކަމަކުވެސް ކިޔާ
ސަމާލުވެ މިއަށަބަސް އިބުރެމެން ކިޔާ
ސަމާސާ ޔަކަށް ނުދެކި ފަދަ ވާހިޔާ
ކަމާމެދު ރަނގަޅުގޮތް ދެވެންވީ ކިޔާ
ނަމާއަބުރު ގައުމުގެ ނުލަން އެދި އޮޔާ
