Support Us

ކިޔެއްވެތަ؟ 

ކިޔެއްވެތަ؟ އުއްމަތުގެ ވަޙުދަތު އަޅައިރެނދު ބައިބަޔަށް ބެހުނީ
ހިޔެއްނުކުރާ ވަރަށް ފިރުޤާ ގިނަވެ ދުޝްމިނު ވެފައިމިވަނީ

ވަދާޢުކުރެއްވި ޙައްޖުތެރޭ ވަޞިއްޔަތްޕުޅު ރަސޫލުގެ މާތް
ހަނދާންހުރި އެންމެމީހަކުވެސް މިއުއްމަތުގައި މިއަދު ނުވަނީ

ޢަދާވާތްތެރި ޔަހޫދީންނާ ނުހަނު ގުޅިގެން އެކީއުޅުނަސް
ޝަހާދަތު ދޫމަތީ އުފުލާ އަޚުންނާ އެކުވެ ނޫޅެވެނީ

ހިޖާޒާ ޢަރަބި މުޅިކަރައިން ފެޔަށް ލީހައި ޔަހޫދީންތަައް
ހިޖާޒަށް އެނބުރި އައުމުގެދޮރު މުޅިންހުޅުވައި މިއަދު ލެވުނީ

އެމީހުން ބޭރުކޮށްލައްވަން ނަބިއްޔާ އާއި އަޞްޙާބުން
އެމީހުންނާ ކުރެއްވެވިހައި ޤިތާލު ހަނދާން އެކީ ނެތުނީ

އެއަށްފަހު ވެރިވި ފިތުނައިގައި އެތައްބަޔަކަށް މިއުއްމަތް ބެހި
ފެއަށްޖެހި މުސްލިމުން ކޯޅޭން ތަޅާފޮޅުމާއިގެން އުޅެނީ

އެކަކު އަނެކަކު ކުފުރުކުރަމުން ޢަދާވާތުގެ ގޮވާން ކުރަމުން
އެކަށް އުއްމަތް ފަސާދަކުރަން ދަމާ ފޫގޮޅި ޖަހައި ދުވަނީ

ޢަދަދު މީހުންގެގިނަ އުއްމަތް އޮޔާދާ ކުނޑިތަކެއް ފަދައިން
އަދަކު ބާރެއް ނުވާކަން ދަނެ އަލުން އެކުވާން ނުވެސް އުޅެނީ

ނެތީހޭ! ޢާލިމެއްވެސް ވާއިޒެއްވެސް ޙައްޤު ބުނެދޭ ފަދަ
ނެތީއެެއްނޫނެ! ޤުރުއާން ފޮތް އަނދިރިކަމުގައި މި ދެމިތިބެނީ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *