ނުނިމޭކަމެއް ހަމަ ފިޠުރަތީ އާދައިގެ މައްޗަށް ނޯވެޔޭ
ދުނިޔޭގެ ހުރިހައި ކަންކަމެއް އެމަގުން ހިނގައި ނިމިގެންދެޔޭ
ޢިބުރަތް އެކަމުގައި ލިބިނުގަނެ އަބަދަށް މިތާނގައި ދިރިއުޅެން
އިބުލީސު ދައްކާ ދަޅަތަކުގެ ފަހަތުން ދެވޭތަން އާދެޔޭ
ފާއިތުވެ އަދު ނިމިގެން މިދާ މައްސަރު ދުރަށްގޮސް ނޯބަނީސް
ޤާއިމުވެ ހުރި ހެޔޮ ގޮތްތަކާ ސީދާ ދުރަށް އެބަ ޖެހެވެޔޭ
ހޭނުނު ރަނގަޅު ގޮތްތައް އެތައް ކަމަކުން ޢަމަލު މަބްރޫރުވީ
ފޭނުވެ އަބަދު މަޝްޣޫލުވީ ކަންކަން އެކީ ދޫކުރެވެޔޭ
މަގުގައި ޞިރާޠުގެ ގާއިމުވެ އަބަދާ އަބަދު ހުރެވޭނެނަމަ
އަގުމާތް ޙަޔާތެއްގައި މިތާ އުޅުމުގެ ނަޞީބު ލިބޭނެޔޭ
ވިސްނައި އެކަންކަމުގައި ހަދައި ތައުފީޤު އެދި ކޮށްގެން ދުޢާ
މިޞްރާބު ދާ ކަސިޔާރުނުވެ ނިންމަން ދަތުރު ލާޒިމުވެޔޭ
