ލަސްނުވެ އަދާކުރުމަށް ޒަކާތް އިސްކަނުދީ ނުތިބޭށިޔޭ
މައްސަރު ނިމޭންދާއިރު ފަހުން ދައްކަން ތިބެން ނަހަދާށިޔޭ
އެޒަމާނަކާ ގުޅިގެން ހެދޭ އެކަމުގެ އުޞޫލީ އިމުތެރޭ
އެޒަކާތް އަދާކުރުމާމެދަށް ޝަކުވާ ސަފުން ނުކުރާށިޔޭ
ޢީދުގެކުރީން ނެރުމަށް ޒަކާތް ލާޒިމުވެގެންވޭ ދީނުގައި
ޢީދުގެކުރިން ބެހުމަށްޓަކައި ދެއްކުން އަވަސްކޮށްލާށިޔޭ
ނިކަމެތި ފަޤީރުންނާއެކީ، ޢީދުގެ އުފާ ޙާޞިލު ކުރަން
މިކަމުގެ އެމަތިވެރި ވާޖިބަށް ޣާފިލުވެގެން ނުތިބޭށިޔޭ
ފަރުދުން ބަހާބެހުމެއްވަނީ ޞަދަގާތަކަށް ކަމުގައި ވުމުން
ފަރުޟެއްކަމުން ނެރެ ދައުލަތާ ނުކޮށެއް އަދާނުވެދާށިޔޭ
އޮތަކަސް ވަޤީލެއް ތާކުގައި ރައުޔެއްގެ ގިންތީގައި ބެލޭ
ގޮތަކީ އެޔޭ ހީކޮށް އަތުން އެޒަކާތް ބަހައި ނަހަދާށިޔޭ
