އުޅޭގޮތް ހަނދުމަ ނެތިކޮށް ސަވާބުންތޯ ސުވަރުގެދަނީ
ގުޅޭން އެންގެވި ގުޅުންތައް ގުޅުވުމަށް އިސްކަން ނުދީދާނީ
ރަޙިމުގެ ގުޅުންތަކާއި އަވަށްޓެރީންގެ ގުޅުން ކަނޑާލާފައި
ފަހިވި ވައިގައި ދުވެއްޔަކުހަރު ދަތުރުކޮށްގޮސް ގޮނޑަށް ލަފަނީ
މި މައްސަރުގައި ވިޔަސް އެކަމާމެދަށް އިސްކަންނުދީ ހުރެފައި
ބިމަށް މަޙުޝަރުގެ ގޮސްގެން ރުއްސަވާ އަޅަކަށް ވެގަންނާނީ
ސަވާބާ ދަރުމައިން ފުއްދަން އެކަނި އިސްކަން މުޅިން ދީފައި
ހަވާނަފުސު އަޅެއްކަމުގައި ވެހުރެގެން ރުއްސެވުން ލިބެނީ
އަރަށްލާ އެތިކޮޅާ ގެދޮރާ ޙަލާލު ތަކެތި ކަމަށް ނުވިނަމަ
ދަރަށް ނަރަކައިގެ ނުވެދާނޭ ގޮތެއް ހޯދައި ނަޖާވާނީ
އެހެންވީމާ ޢިބާދާތުން އެކަނި ފުއްދަން އުޅުން ދޫކޮށް
އެހެން ހުރިހައި ކަމެއްވެސް ދީނުގައިވާހެން ކުރަން ޖެހެނީ
