ޞައުމަކީ ދޫކޮށްލުމޭ ކުށަކަށް ވެދާފަދަ ޢަމަލުތައް
ޠައުމު ދޫކޮށްގޮތަށް އަބަދަށްޓަކައި ކުށް ފާފަތައް
ފޮތްފޮތާ ރުސުލުންގެ ދޫފުތަކު މަތީން އައި ހެޔޮގޮތޭ
އޮތްގޮތީ ޞާލިޙުއަޅުން އުޅުމަށް ރަނގަޅު ހެޔޮ ބާވަތަށް
ސިއްރިޔާތުން ކުށްކުރާ ސިފަ ދޫނުކުރެވޭ އަޅުތަކުން
ސިއްކަޖެހި ލިޔެވޭނެ ނަން ސީދާނުވާ ކަމުގައި ފަތަށް
ތިންކަމެއް ފަޖުރުން ފަށައިގެން ދޫކުރަންއޮތް އަޅުކަމީ
އިންތަކާގޯސް ދުރުވެހުރުމަށް ލެއްވި ވޭ ތަމްރީނަކަށް
ދިރިއުޅޭ މައިދާނުއި ސީދާ ތެދަށް ހުރެވޭ ވަރަށް
ދިރިއުޅޭން ތަމްރީނު ނުވިނަމަ ރޯދަވޭތޯ؟ ހިފިކަމަށް
އަސަރުވެސް ތެދުވެރިކަމުގެ އަށަނުގަނެވޭނަމަ ނަފުސަގައި
ކަސަބުއެޅި ތަޤުވާގެ ފޭރާން ވާނެތޯއޭ؟ ލީކަމަށް
