އުއްމަތާމެދު ފިކުރުކޮށްލުން ނެތްކަމެއްތޯ މިމަހުގައި
އުއްމަތަށް ގިނަ ނަޞްރު ލިބިފައިވީ މަހުގެ ގަދަރަށްޓަކައި
ކިލަނބުކަންނެތް ހިތްތަކުގެވެރި މުސްލިމުން ހަނގުރާމައިން
ހިލަބިމުގެ ފަރުބަދަތަކުގެމެދު ހޯދިކަންކުރި އިސްނަގައި
ބަދުރު ހަނގުރާމައިގެ ދުވަހާ ފަތުޙުމައްކާ ކުޅަދުވަހު
ޣަދުވަތުގެ އަހުލުންގެ ގުޅުމުގެ ބަދަހިކަން ހުރިގޮތް ބަލައި
އެގޮތުގައި ނަޞްރާ ނަޞީބާ އުއްމަތަށް ހޯދީ އެދުހު
ދެގޮތަކަށްހުރި ބޭކަލަކު ނެތްތުމުން ކަމުގެ ފިކުރުން ބަލައި
އެހެނަކަސް ޙާލަތު މިއަދު ހުރިގޮތް ހިތަށް އިޙުސާސްކުރަން
މެހެވިފައި ހުރިވަރު ފެނޭ ފިތުނައިގެކުލަ ލީމާބަލައި
ހުސްގެންދާ އިރު މިފަދަ މާތް މައްސަރެއްގައި ފިކުރުކޮށް
ދުޝްމިނުން ބިރުގަންނަ ބަޔަކަށް ވާނެގޮތް ދޭށިޔެ ހަދައި
