ފޮތަށް ކީރިތިވި ފީނައިގެން ސަލާމަތްވާށެ ފިރުޤާއިން
ގޮތަށް އެފޮތުގެ ޢަމަލުކުރުމުން ބަރީޢަވެވޭނެ ފިރުޤާއިން
ތިލާވަތު ހަމައެކަނިކޮށްފައި ތަދައްބަރުކޮށް ސަފުންނަހަދައި
ޚިލާފު ފޮތާވެވޭ މިންވަރު ވަޒަން ނުވެވޭނެ ފިރުޤާއިން
ވަރަށްމަދު މީސްކޮޅެއް ހޯދީ ފަތަޙަތަަައް ނެތްދުވަހު ފިރުޤާ
ވަރަށް ބައިބޯވިޔަސް އުއްމަތް މިއަދު ދެރަވީ އެފިރުޤާއިން
ޚިލާފުނުވާށެ އެންގެވި މާތްވި އާޔަތް އޮތްކަމަކު ފޮތުގައި
އިލާހީ އަމުރުފުޅު ފިޔަވައި ވަނީ ބައިބައި އެފިރުޤާއިން
މީދީނުގެ ދުޝްމިނުންނަށްވުރެ އަހުރެމެން ވެމިދަނީ ދުޝްމިނު
ނިދީގަަައި ހޭނުލައި އެކަމަށް ތިބޭތީ ނޫންހެ؟ ފިރުޤާއިން
އަޚުންނޭ މާތްވި މައްސަރުގައި ތިލާވާކޮށް ތަދައްބަރުކޮށް
ފަހުމުކޮށްފައި ހިތާ ނަފުސާ ކުރަންވީ މިންޖު ފިރުޤާއިން
