ފިޠުރަތީ އާދައިގެ މައްޗަށް ރޯދަމަސް ނިމިގެންދަނީ
އިތުރު ބާރެއް އަޅުކަމަށް ލައިދޭށެ ގޮވަމުން ހުރެދަނީ
ޖިސްމު ހީނަރުވީކަމަކުވެސް ރޫޙު ވަރުގަދަވީކަމުން
މިސްކިތާ ގާތްކަން އިތުރުކޮށް ލާބަ ހޯދާން ބުނެދެނީ
އިޢުތިކާފުގެ ވަގުތު ގިނަކޮށް ހެޔޮކަމުގެ ފައިދާ ނަގަން
ނިޢުމަތުގެމަތިވެރި ނަޞީބަށް ދަހިވުމަށް ހިއްވަރުދެނީ
މެދުދިހައިގައި ދެންއެއޮތް ފަސްރޭގެ ހެޔޮކަން ދޫނުކޮށް
އެނދުގެ މަޑުތަންމަތިތަކާ ދުރުހެލިވެލާށެ ގޮވައިލަނީ
ބާރުލާފައި ވަގުތުކޮޅު މަައްސަރުގެ ހެޔޮ ދާކަން އެނގޭ
ހާރުދަންތައް ގުނަގުނާ ހުރެގެން ނެތޭވާން އަންގަނީ
ހެޔޮކަމުން ފުރިގެންވި މައްސަރު އަލްވަދާޢު ކިއެއްކަމަކު
ހެޔޮއަސަރުތައް މައްސަރުންދިން ދޫނުކުރުމޭ އެދެވެނީ
