ޒިކުރާތަކުގެ މަތިވެރި ހަނދާން ދިރުވާށިޔޭ ދޫކޮށްނުލާ
ފިކުރާ ޚިޔާލަށް ސިފަވެވޭ ކަންތައް ހިނގައި ދިޔަގޮތްބަލާ
މީހާގެ އީމާންކަން އެއާ ގުޅިގެން ވެދާތީ އިތުރުމާ
ވީހާ މޮޅަށް ބިންވަޅުކަނޑައި ކުރަހާށިޔޭ ހެން އާރުލާ
ބަދުރުގެ ދުވަހުގައި މުސްލިމުން ޢަދަދުންމަދަސް ކުޅަހިއްވަރޭ
އަދުގައި ހަނދާންކޮށް ހިތްމަތީ ދިރުވޭންވަނީ ފަނޑުކޮށްނުލާ
އުޙުދުގުދުވަސް އަދި ޚާއްޞަވޭ ގެންނާށެ ހިތްމައްޗަށް މޮޅަށް
ޝުހުރަތު އަދައި އީމާންކަމުގެ ދުވަހަކު އެއިން ހިތިރަހަނުލާ
މައްކާފަތަޙަ އަމުދުން ވަކީން ވިޔަތީ އިތުރު މަތިވެރިވެފައި
ރައްބީގެ ޚާއްޞަ ޢިނާޔަތެއް ދަންނާށެ އޮތްކަން އުފުލިލާ
ރޯދައިގެ މަތިވެރި އަޅުކަމުން އިޞްލާޙު ނަފުސު ކުރާ އަޅާ
ހޯދައިފިޔޭ ދެނަޞީބު ބޮޑު އެނަޞީބު ގެއްލިނުދާ ފިލާ
