Support Us

ޖެނެރަލް އިސްމާޢީލް ޣަނީ އަށް ކުރެވޭ ތުހުމަތު

އީރާނުގެ ޤުދުސް ފޯސްގެ ވެރިޔާ އިސްމާޢީލް ޣަނީ މިހާތަނަށް ބެލެވެމުން އައީ އެ ޤައުމުގެ ވަރަށް ވަރުގަދަ ޤައުމީ ބަޠަލެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އީރާނުގެ ރޫޙީ ލީޑަރ ސައްޔިދު ޢަލީ ޚާމަނާއީ ޝަހީދުކޮށްލި ހާދިސާއަށްފަހު ރާގު މުޅިން ބަދަލުވެއްޖެއެވެ. ޒަޔަނިސްޓް އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާއިން ޚާމަނާއީ ޝަހީދުވީއިރު ޖެނެރަލް އިސްމާޢީލް ޣަނީ ހަނިގޮތަކަށް ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. އެ ހަމަލާ ދީފައިވަނީ އޭނާ ޚާމަނާއީއާ ބައްދަލުކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. މިކަން އީރާނުގެ ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް އައީ ފާއިތުވި ތަނުގައި ދީފައިވާ ގިނަ ހަމަލާތަކަކުން މިގޮތަށް ޖެނެރަލް ޣަނީ ސަލާމަތްވެ ވަޑައިގެންފައި ވާތީއެވެ.

މިހާރު ހޯދާފައިވާ މަޢުލޫމާތުތަކުން އީރާނަށް ގަބޫލުކުރެވިފައި ވަނީ ޖެނެރަލް ޣަނީއަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓެއް ކަމަށެވެ. އެހެންކަމުން މިހާރު ޖެނެރަލް ޣަނީ ވަނީ އެކަމަށް ޝައްކު ކުރެވޭތީ އީރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހާތަނަށް އެއްކުރި މަޢުލޫމާތުތަކުން އެނގިފައި ވަނީ ފަހަކަށް އައިސް އިޒުރޭލުން ޝަހީދުކޮށްލި ވަރަށް ގިނަ އިސް ލީޑަރުން ޝަހީދުކޮށްލާފައި ވަނީ ޖެނެރަލް ޣަނީ އެ ބޭފުޅުންނާ ބަދަލުކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންކަމެވެ. މިގޮތުން ހިޒުބުﷲގެ ލީޑަރ ޙަސަން ނަޞްރުﷲ އާއި ހަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލި ވަރުގަދަ ކުއްލި ހަމަލާ ވެސް އިޒުރޭލުން ދީފައި ވަނީ މި ދެ ބޭފުޅުންނާ ވެސް ޖެނެރަލް ޣަނީ ބައްދަލުކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށްވެއެވެ. އަދި މިދިޔަ އަހަރު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އިޒުރޭލުން ޝަހީދުކޮށްލި އީރާނުގެ ހުރިހާ އިސް ބޭފުޅުންތައް ވެސް ޝަހީދުކޮށްލީ ހަމަލާތައް ދިނުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ޖެނެރަލް ޣަނީ އެ ބޭފުޅުންނާއެކު ހުންނަވާފައި ވަޑައިގަންނަވާތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ޖެނެރަލް ޣަނީ މިވީ، އޭނާގެ ޤައުމާއި ވެރިންނަށް ތެދުވެރިކަމެއް، ވަފާތެރިކަމެއް އަދި އިޚުލާޞްތެރިކަމެއްނެތް ޚާއިނަކަށެވެ. ކުރެވެނީ އެ ތުޚުމަތެވެ. އޭނާގެ އަސްކަރީ ޔުނިފޯމާއި އިސް މަގާމާއި ޖަހާފައި ހުރި ޝަރަފުގެ ނިޝާންތަކުގެ ނިވަލުގައި ހުންނަވައި ޤައުމަށް ވެވަޑައިގަތީ ޣައްދާރެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *