މައްސަރަށް ޚާއްޞަވި ޢިބާދާތަށް ވަގުތު ހުސްކޮށް ލަމުން
ފަސްނަމާދާ ސުންނަތުން ސާބިތު ނަމާދަށް ތަންދެމުން
ދަމުނަމާދާ ވިތުރިޔާ ވިހިރަކުޢަތުންވި ތަރާވިހާ
އަމުރުފުޅު ސުންނަތުގެ ގިންތީގައިވި އިރުޝާދީ އިމުން
އިޢުތިކާފާ ތޯއަތުގެ ގިނަގުނަ ސުޖޫދަށް ލޯބިކޮށް
އިޢުތިރާފުވެ ކުށްތަކާމެދު ގިސްލަ ގިސްލާފައި ރޮމުން
ރަޙުމަތާމެދު ނުކެނޑުމަށް އުއްމީދު އެންގެވި ބަސްފުޅުން
ރަޙުމަތުގެ ޖަންނަތު އަދައި ދަހިވެތިކަމުގެ ކަޅިހިންގަމުން
އަހަރަކަށް އައު އިންތިޒާރުނުކޮށް ލިބުނުފުރުޞަތު މިމާތް
ފަހަރަކަށް ހެޔޮކަމުގެ ހެދުމަށް ހީކުރުން ދޫކޮށްލަމުން
ދެެއްވި ފުރުޞަތު އެންމެ ހެޔޮ ގޮތުގައި ލިބޭތޯ ގަދައަޅައި
ގެއްލިގެން ކުޑަވެސް ކަމެއްހެޔޮ ދޫނުކޮށް ލިބިގަންނަމުން
