ދުލުން ތެދުބަސް ނުބުނެވޭނަމަ ނެތޭ ރޯދައިގެ ފައިދާއެއް
ފުލުންގޮސް ރޯދަ ދަރުމަދަބަސް ތެރޭ ނޯންނާނެޔޭ އެއްޗެއް
އެފަދަ ޒާތުގެ ޢަމަލު ކުޅަޔަސް ނަތީޖާގައި ނެތޭ ފަރަޤެއް
އެފަދަ ކަންތަައްތަކާ ދުރުނުވެ ލިބެން ނޯންނާނެ ހެޔޮ ޒައްރެއް
އެއީ، ނަބަވިއްޔަ އިރުޝާދީ ބަޔާނޭ އުއްމަތަށް ދެއްވެވި
އެއީ، ފުރިހަމަގޮތޭ އެކަމުގެ ނުވާ އަމުދުން ދަރުމަ އުންޏެއް
މިމާތް އަޅުކަން އަދާކުރުމަށް ހިތައިފި އަޅާ މިހިރަ ކަންކަން
ތިމާގެ ބަހާ ޢަމަލުގައި ނެތި ނުވާހުށި ރޯދަ ފުރިހަމައެއް
ތިމާގެ ބެލުމުގެ ދަށުގައިވާ ބައެއްގެ މަޢީޝަތާ ޚަރަދާ
ޙިމާޔަތް ކުރުމުގައި ކުރެވޭ މަސައްކަތަކީ ޢިބާދާތެއް
އެހެންވީމާ، އަބަދުމިސްކިތު އަރައި ނުއިނަސް ލިބޭ ހެޔޮކަން
އެހެން ހުރުމުން ހިފާ ރޯދައިގެ ދަރުމަ ނުވާނެތޭ ޢަަދަދެއް
