ފަހަނަޅައި ފާއިތުވެ އެބަދޭ މާތްވި މައްސަރު ހެޔޮކަމާ
ރަހަތަކުން ހިތްތައް ފުރައިދޭ އިފްތިޠާރުގެ ފޮނިކަމާ
ފުއްސަވައި ދެއްވައި ކުރެވި ދިޔަހައި ކުށާ އެކި ފާފަޔާ
ރުއްސެވުން އެދި މެންދަމާ ގުޅުވައިލެވޭ ހެޔޮ އަޅުކަމާ
ބުރަަ މަސައްކަތްތަކުގެ ނަފައިން ނެރެވިދާ މަދު އެތިކޮޅުން
ބުރަކަމެއް ހިތުގައިނުލައި ދިއްކޮށްލެވޭ ދީލަތިކަމާ
އެންމެ ކީރިތިފޮތް ތިލާވާކޮށް ތަދައްބަރުކޮށް ހެދޭ
މެންދަމުގެ ސަހަރަތުގެ ވަގުތަށް ޚާާއްޞަކުރެވޭ އިސްކަމާ
ލުއިކަމެއް ހައްޓާ ހިތަށް އިޙުސާސްވެވޭ ތޯހިރުކަމާ
އުއިގެ ތެދުރޮނގަކުން ހިނގޭ ފަދައިން ހިނގޭ ސީދާކަމާ
ރަޙުނަތުގެ މަތިވެރި ނަފާތައް ހޯދުމަށާ މަޝްޣޫލުވާ
ފަހުދިހައިގައި އަންނަ މޮޅުރޭގައި ލިބޭ މާތް ހެޔޮކަމާ
