ރުޅި ހިތުންނެރެ ޞުލްޙަޔަށް އަތްދިއްކުރަވީ ވަގުތެކޭ
މުޅި ހަޔާތުން ދެކޮޅުވެރިކަން ނެތިކުރަންވީ ވަގުތެކޭ
އެކަކުވެސް ހިތުގައިޖެހޭފަދަ ކަންކަމާ ދުރުހެލިވެގެން
އެކަމުގައި ސާބިތުވެ ހުރުމަށް ކަނޑައަޅަންވީ ވަގުތެކޭ
ކުރެވިފައިވާ ޢަމަލަކުން ބަހަކުން އަނެކުނާ ރުޅިވެގެން
ހުރެވިފައިވާނަމަ މަޢާފަށްއެދި ގުޅެންވީ ވަގުތެކޭ
ޢާއިލީ މީހެއްވިޔަަސް އަދި ދުރުހިލޭ މީހެއްވިޔަސް
ދާއިމީ ނުރުހުން ނުދަމަހައްޓަންވި މީ ހެޔޮ ވަގުތެކޭ
މަރުވެގެންދާއިރު ނުރުހުމެއް ހިތަކުގައި އޮތަނުދިނުމަށް
ބަރުހިތެއްއޮތް ހިތްތަކާއެކު ޞުލްޙަވާންވީ ވަގުތެކޭ
ނަންއިވޭހިނދު ހެޔޮދުޢާއެއް ރަޙުމަތެއް ލައްވަން ކުރާ
ދަންއެކުވެރި މިތުރުނަށް އެންމެން ހަދާންވީ ވަގުތެކޭ
