ޚިލްޠުތައް ޖިސްމުގެ ވަޒަންހަމަ ކުރެވިދާނެ ޢިބާދަތޭ
ޢިލްމުވެރި ހުރިހައި ޙަކީމުން ބުނެދެނީ އެހަޤީޤަތޭ
އޭގެ އިރުޝާދީ ނަފާ ޖިސްމަަށްޓަކައި ހޯދާ އަޅުން
ލޭގެ ދާކަން ސާފުކުރުމަށް ދޫކުރީ ކާބާވަތޭ
އިއްތިފާޤުވެ ޑަކުޓަރުން އެކަމަށް އެދިން އިރުޝާދުތައް
އިއްވިހައި ހުރިހައި ރިޕޯޓުން ހާމަކޮށްދީ އަންގަތޭ
ބޭސްނުކައި ދުޅަހެޔޮކަމާއެކު ނޫޅެވޭ ގޮތް ވެރިނުވާ
ގޭސްވެ މަޢިދާޔާ ގޮހޮރު ނުފުފޭ ހުރީ މަދުބާވަތޭ
ބާރަގަޑިޔާ ސޯޅަގަޑިޔާ ދެމެދުގަަައި ހުރުމުން ނުކައި
ބާރަކަށްވޭ ބަލިބަލިން ފަރުވާލިބުން މީހުރިގޮތޭ
ރޯދައިން ރައްބީގެ ރުއްސެވުމާ ސާވާބު ނުލައި އަޅުން
ހޯދަޔޭ ފައިދާ ނުހަނު އެކަމެއް ކޮޅުންލާކަށްނެތޭ
