ފުރުޞަތެއްމީ ހެޔޮއަތަށް ޖިސްމާއި ރޫޙާ ހޭނުމަށް
ޙުރުމަތާ ބަރަކާތް އިތުރު ރައްބީގެ މަތިވެރި ހޯދުމަށް
ދުނިޔެވީ ދަޅަޔާއި ހެއްލުންތެރިކަމަށް ލެނބިދާ ދިއުން
އުނިކުރާ ހެޔޮކަންކަމާ އުނިކަންކަމުގެ ފޫބެއްދުމަށް
މަޙުޝަރާމެދު ހޭނުލެވިހުރެ ކުރެވިފައިވާ ކުށްކުށަށް
ފަހުވަގުތު ޖެހުމުގެ ކުރިން ހުރިހާކުށަށް ތައުބާވުމަށް
ނިޢުމަތުން ފުރިގެންވި މަތިވެރި ސުވަރުގޭގައި ލެއްވުމަށް
ނިޢުމަތުގެ ވެރިމާތް އިލާހުގެ ޙަޟްރަތާ ކުއްތަންވުމަށް
ދުނިޔެ ދޫކޮށް ދިޔަ މިތުރުނާ ޢާއިލީ ގާތް އެންމެނަށް
އުނިނުކޮށް ހެޔޮހައި ދުޢާ ކުރެވޭ ދުޢާގައި ހިމެނުމަށް
އުނިކަމުން ބުއްދީގެ ހަރުލާފައި ނަފުސުގައި ހުރިނުބައި
ދުނިޔެވީ އެދުމާ ބަޚީލުކަމުގެ އަސަރުތަައް ފޮހެލުމަށް
