ނަފުސު އިޞްލާހީ މަގަށް ސީދާކުރަންވީ މައްސަރޭ
ސަފުސަފަށް އަޅުކަން ޖަމާޢަތުގައި ކުރަންވީ މައްސަރޭ
އޮންނަ މިންވަރަކުން ފަޤީރުންނާ ޔަތީމުންނަށްޓަކާ
ކޮންމެ ޚައިރާތެއް ކުރަން މުށް ހުޅުވިލަންވީ މައްސަރޭ
ޚާއްޞަކޮށް މިސްކީނުނަށް ދީލަތިވެ ހެޔޮކަން ފޯރުވައި
ޚާއްޞަ ޞަދަޤާތާއި ފިދުޔާ ދީއުޅެންވީ މައްސަރޭ
ނުނިޔަތާ ޙަސަދައިގެއަސަރުން ހިތުތެރޭ ޖެހިދަބަރުތައް
ކުނިތަކާއެކުގައި ކަހައި ނެރެލަން ހިތުންވީ މައްސަރޭ
ރަޙިމުގައިވީ ގާތްގުޅުން ކެނޑި ޢާއިލާ ރޫޅުނަ ނުދޭން
ފަހިވެގެންއައި ނިޢުމަތާ ފުރުޞަތުގެ މީ ހެޔޮ މައްސަރޭ
މަރުވެގެން ދުނިޔޭން ނުކުމެ ކުރެވޭ ދަތުރުގައި މަޙުޝަރަށް
ދަރުމައިން ކޮއްތާ ދަރާ ހޯދަންވި މީ މޮޅު މައްސަރޭ
