ރަޙުމަތުގެ ފެހި މޫސުމޭ ބައްދަލުވެލީ ހިނިތުންވަމުން
ޝަހުރު ރަމަޟާނުގެ ޝަޒާއިން ރޫޙު ތާޒާކޮށްދެމުން
ހިތްތަކަށް އުފަލާއި ރާހަތު ނަފުސު ސީދާ ކުރުމުގައި
ހިއްވަރާ ތަކުލީފު އުފުލައިގެން ލިބޭ ދޮރު ހުޅުވަމުން
ފަރުޟުތައް ޒާތުން އެއަށައޮތް ވަގުތުގައި ކުރުމަށްއަދާ
ޝަރުޠުތަައް ފުރިހަމަ ކުރެވިގެން ކޮށްއުޅޭން ހާނައިދެމުން
ތަންމަތިން މައިބަދަ ފެޔަށްލައި ނިދި ލޮލުން ފިލުވައިއެކީ
ދަންވަރުގެ ހުރިހައި ވަގުތުތައް އަޅުކަމާ ގާތްކޮށްދެމުން
ކޮނޑުމަތީ އުފުލޭ ނުބައި ބުރަ ތަކެތި ހުސްކޮށްލަން ކޮނޑުން
ލޮޑުކަމެއްނެތި ގަދައަޅައި އުޅުމަށްޓަކާ ފުރުޞަތުދެމުން
ހަނދުމަނެތި ވެރިރަސްކަލާނގެމަތިން ހުރެވިދާ ވަގުތުތައް
މަދުވަގުތުކޮޅަކަށް ވިޔަސް ނެތިގެންނުދާމަގު ދައްކަމުން
