Support Us

އޭ.އައިގެ ނުރައްކާ ދައްކައިދިނީ ރޮބޮޓް "ކުއްތާ"އެއް ޗޭނު ޖެހުމުން ހަމަލާދޭން އުޅޭ ގޮތް ދައްކައިދީގެން

ޖަޕާންގެ ވެރިރަށް ޓޯކްޔޯގައި ކުރިއަށްދާ ޓެކްނޮލޮޖީ މައުރަޒަކަށް އާދަޔާހިލާފު ބޮޑަށް މީހުންގެ ސަމާލުކަން ލިބިއްޖެއެވެ. މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)އަކީ ނުރައްކާތެރި ޓެކްނޮލޮޖީއެއްކަން ވެސް ދައްކައިދޭން އޭ.އައި ހިމަނައިފައިވާ ރޮބޮޓް "ކުއްތާ"އެއް ޗޭނު ޖެހުމުން އެ އޭ.އައި ކުއްތާ މީހުންނަށް ހަމަލާދޭން އުޅޭ ގޮތް ފެންނާތީއެވެ.

އުމުރުން 40 އަހަރުގެ މީޑިއާ އާޓިސްޓް ޓާކަޔޫކީ ޓޯޑޯ އޭ.އައި ކުއްތާގައި ޗޭނު ޖެހުމުން މީހުން އެ އެއްޗާ ގާތްވުމުން އެ މީހުންނާ ދިމާއަށް އެ އެތި ފުންމައިގަނެއެވެ. ހަމަލާދޭން އުޅޭ ގޮތަށެވެ.

ޓޯކްޔޯ ޕްރޮޓޮޓައިޕް ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މޮޑެލްތައް ދައްކައިލުމުގެ ފެސްޓިވަލަށް ޒިޔާރަތްކުރާ ބެލުންތެރިންނަށް ހަމަލާނުދެވޭނެ ދުރުމިނުގައި ރިހިން ތައްޔާރުކޮށްފައިވާ އޭ.އައި ކުއްތާ ބާއްވައިފައިވެއެވެ.

އެ އޭ.އައި ކުއްތާ މައުރަޒުގައި ދައްކައިލުމުގެ ބޭނުމަކީ އޭ.އައިގެ ނުރައްކާ ވެސް އަދި އޭ.އައިއަށް ހަމްދަރުދީވުމުގެ ބޭނުންތެރިކަން ވެސް ދައްކައިލުން ކަމަށް ޓާކަޔޫކީ ބުންޏެވެ.

"އަހަރެމެންގެ ކުރިމަގަކީ ސްޓްރެސްވާނެ މުސްތަގުބަލެއް. ސަބަބަކީ މީހުން ރޮބޮޓާމެދު އަމަލުކުރަނީ އެއީ ތަކެތިތަކެއްގެ ގޮތުގައި. މި އޭ.އައި ރޮބޮޓް ކުއްތާއަށް ހަމްދަރުދީވުން އެކަށީގެންވޭ،" އޭނާ ބުންޏެވެ.

ޓާކަޔޫކީ ބުނީ އޭ.އައި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑުތަކަކީ ނާޒުކު އެއްޗެއް ކަމަށެވެ.

"އަހަރެމެން ރައްކާތެރިކުރެވިފައިވަނީ ވަރަށް ހަނި، އިތުބާރު ނުހިފޭ ސުލޫކީ ޗޭނަކުން. އެ ޗޭނު ކަނޑައިލައިފިނަމަ މި ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެން މަރުވާނެ،" އޭނާ ބުންޏެވެ.

އޭ.އައި ކުއްތާ ބަލައިލަން މައުރަޒަށް ދިޔަ މީހުންގެ ތެރޭގައި ހިމެނުނު ކީމީ ފޫރޫޓާ ބުނީ އޭ.އައި ކުއްތާ މީހުންނަށް ހަމަލާދޭން އުޅުނު ގޮތް ފެނިފައި ބިރުގަތް ކަމަށެވެ.

"އަހަރެން ބިރުން ފިތްކަނޑައިގެންދިޔަ. ވަރަށް ބިރުވެރި. އެކަމަކު ވަރަށް ޝައުގުވެރި ވެސްމެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *