ރައީސުންދޭ މަގާމަކުހުރެ ރައީސަށް ރައްޔިތުން ނުރުހޭ
ޟަޣީފީ ބާވަތުގެ ކަންކަން ވެވޭއިރުވެސް ނުވިސްނޭހޭ؟
ވަށައިގެން އެތުރިގެން ތިބެގެން ތިމާޔަށް ބަލަ ސަނާކިޔުމަށް
ވަށައިއެނބުރޭ ބަޔަކު ލިޔަކަސް ރައީސަށް ވޯޓް ގިނަވޭހޭ؟
އެކާވީހާ ތިރީސް އަހަރާ އެނޫންވެސް ދައުރުތަކުގައި ތިބި
އެކާވީސްވަނަ ގަރުނު ނޭނގޭ ބަޔަކު ލައިގެން މޮޅެއްވޭހޭ؟
ރިޔާސީ ދައުރަކީ ނަކަތެއް ފިލައިދާ ހިނދުކޮޅެއް ފަދައިން
ނިޔާގައި ގުދުރަތީ ނިމިދާ ކަމެއްކަން ދޭހަ ނުވަނީހޭ؟
ގޮނޑީގައި ވެޑުވި އިނދެވޭނީ އެދައުރެއް ދެމިއޮތިއްޔާކަން
އޮޑީ ހަފޮޅުން އެތެރެ އިންއިރު އެޅޭޒިންމާ ނުދަންނަންހޭ؟
ވެރިންގިނަ ބޮނޑިބޮނީ އެކިއެކި މަގާމަށްލާ ބައެއް މީހުން
ވެރިންނަށްވުރެ މަމޮޅުވާތީ ކަމެއް ރޭކާ ނުލާތީހޭ؟
ވަޠަންގެ ރުހުން އަދައިގެން ރައްޔިތުންނަށް ދެއްވުމަށް ޚިދުމަތް
ހަތަރުދަމުވާ ވެރިން ގުރުބާން ނުދަނެތިބެނީ ގަމާރުންހޭ؟
