Support Us

ރަތްކުލައިން ފާހަގަކޮށްފައިވަނީ މާލޭ ނޯތު ހާބަރގެ "ޒޯން އޭ". މި ޒޯންގެ ބޭނުންހިފާ ހުރިހާ އުޅަނދުފަހަރެއް މިހާރު ވަނީ ވަގުތީ ގޮތުން ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި) ސަރަހައްދަށް ބަދަލުކުރެވިފައި

ނޯތު ހާބަރުގައި ހުރި ބައެއް އުޅަނދުފަހަރު އެއް ނަންބަރު ޖެޓީ އަށް ބަދަލުކޮށްފި

މާލޭ ނޯތު ހާބަރުގައި ހުރި އުޅަނދުފަހަރު އެއް ނަންބަރު ޖެޓީ އަށް ބަދަލުކޮށްފިއެވެ.

އެމް.ޕީ.އެލް އިން މިއަދު ބުނީ މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހު އަށަކުން ފެށިގެން ތިން މަސް ދުވަހަށް ކުރިއަށްދާއިރު، ނޯތު ހާބަރުގެ ޚިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރަށް އެމް.އެމް.އޭ ކުރިމަތި ސަރަހައްދުން، ޖެޓީ ނަމްބަރު އެކަކަށް ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

"އެގޮތުން، މާލޭ ނޯތު ހާބަރު "އޭ ޒޯން" (އެއްގަމު ތޮށި)ގައި އަޅައިފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދުފަހަރު މިހާރު ވަނީ ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި ސަރަހައްދު) އަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ. އަދި ވަގުތީ ގޮތުން މި ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަމްބަރ 1ގެ ބޭނުން ހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ވާހަކަ ދަންނަވަމެވެ." އެމް.ޕީ.އެލް އިން ބުންޏެވެ.

ޖެޓީ ނަމްބަރ 1 ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:

1. މި ސަރަޙައްދަށް އުޅަނދުފަހަރު ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެން

2. މި ސަރަޙައްދުގެ ކީވޯލަށް އުޅަނދުފަހަރު ކައިރިރެވޭނީ މާލެ ނޯތު ހާބަރުގެ "ޒޯން އޭ" (އެއްގަމު ތޮށި) ކިޔު ތަރުތީބުން.

3. މި ސަރަޙައްދު ކީވޯލުގައި އުޅަނދުފަހަރު ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އަދި 10 ދުވަހަށްވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކީވޯލާ ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށްފަހު، ކިޔު ތަރުތީބުން.

"މަތީގައި ދެންނެވިފައިވާ ގޮތަށް މި ކުންފުނިން ޢަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށް ވެސް އިންސާފުވެރި، ހަމަހަމަ އުސޫލަކުން ޚިދުމަތް ދިނުމުގެ ބޭނުމުގައިކަން ފާހަގަކުރަމެވެ." އެމް.ޕީ.އެލް އިން ބުންޏެވެ.

"މާލޭ ނޯތު ހާބަރުގެ "ޒޯން ބީ" އަދި "ޒޯން ސީ"ގެ ބޭނުންކުރާ އުޅަނދުފަހަރު ޢަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، މި ފުރުސަތުގައި މާލޭ ނޯތު ހާބަރުގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުންވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *