އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް މިއަދު ނައްތާލައިފިއެވެ.
ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ ގަލޮޅު ޕޮލިހާއި ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓު ކަމަށެވެ.
"މި ތަކެތި ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ." ފުލުހުންގެ ބަޔާނެއްގައި ބުނެއެވެ.
ވޭޕަކީ މިހާރު ރާއްޖެ އެތެރެކުރުން މަނާ އެއްޗެކެވެ.



advertisment