Support Us

ދޮންބަންޑާރައިންގެ ޖިހާދުގެ އިސް ހަތަރު ކޮމާންޑަރުން 

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދުގައި ދޮންބަންޑާރައިންނާއެކު އިސްކޮށް ހަތަރު ކޮމާންޑަރަކު ހަރަކާތްތެރިވެވަޑައި ގެންނެވިއެވެ. މި ކޮމާންޑަރުންނަށް ދޮންބަންޑާރައިންގެ ޒަމާނުގައި ދެއްވައިފައި ނަމަކީ ސަރުދާރުންނެވެ.

ދޮންބަންޑާރައިންގެ ޖިހާދުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައި ދޮންބަންޑާރައިންގެ އަރިހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހަތަރު ކޮމާންޑަރުންގެ ނަންފުޅު ދޮންބަންޑާރައިން ހޮޅީން ނުވަތަ މަލަބާރީންގެ ކިބައިން މި ރާއްޖެ ސަލާމަތްކުރެއްވި ދުވަހު ވިދާޅުވި ނަދުރު ލިޔުއްވާފައިވާ ހައިވަކަރު ފިލާފައި ލިޔުއްވާފައިވެއެވެ. އެ ފިލާގައި ދޮންބަންޑާރައިންގެ ނަންފުޅަކަށް އޮތީ "ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާ" މިގޮތަށެވެ. މާނައަކީ ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލުން ޙަސަނެވެ. ދެން ތިއްބެވި އަނެއް ތިން ބޭފުޅުންނަކީ ޙަސަން ގަދަހަމާންތި އާއި، ޙަސަން އޮޅިގެނާ އާއި އުމަރު މޭނާ އެވެ.

ފިލާގައި ލިޔުއްވާފައި ވަނީ މިއިން ކޮންމެ ބޭފުޅެއްގެ ބައްޕަގެ ނަމާއެކުގައެވެ. އެގޮތަށް ކިޔާނަމަ ހޮޅިންނާ ދެކޮޅަށް ތެދުވެވަޑައިގެން ޖިހާދު ކުރެއްވި އިސް ހަތަރު ކޮމާންޑަރުންނަކީ

1. ހުރާ ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާ (ދޮންބަންޑާރައިން)

2. މުޙައްމަދު ގަދަހަމާންތި އަޅާގެފުތް ޙުސައިން ގަދަހަމާންތި އަޅާ

3. އޮޅިގެނާ އަޅާގެ ފުތް ޙަސަން އޮޅިގެނާ އަޅާ

4. މުޙައްމަދު މޭނާ އަޅާގެ ފުތް އުމަރު މޭނާ އަޅާ

 

މައުލޫމާތު:

ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1958- 1966) ދިވެހި ތާރީޚަށް އައު އަލިކަމެއް، ދެވަނަ ޗާޕު، 1990

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *