Support Us

އިންޑިއާގެ ހިމާޔަތުގައި އަދިވެސް ހުރި ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ

މަރަންކުރި ހުކުމާމެދު ފަރުވާލެއް ނެތް: ހަސީނާ

މި ދިޔަ އަހަރު ބަނގްލަދޭޝްގައި ހިންގި، 1،400 މީހުން ބަޑިޖަހައި މަރައިލުމުގެ މުޒާހަރާތަކާ ގުޅިންގެ، ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ މެރުމަށް ކުރި ހުކުމާމެދު ފަރުވާލެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.

ދަރިވަން ކުރި މުޒާހަރާގައި އެ އަދަދަށް މީހުން މަރުވި ކަމަށް ބުނީ އދ.އިންނެވެ. މުޒާހަރާގެ ސަބަބުން މަގާމުން އިސްތިއުފާ ދީފައި، އުމުރުން 78 އަހަރުގެ ހަސީނާ އަދިވެސް ހުރީ ބަނގްލަދޭޝްއާ އިންވެގެން އޮންނަ އިންޑިއާގެ ހިމާޔަތުގައެވެ.

މުޒާހަރާ ކުރި މީހުންގެ ގަޔަށް ބަޑިޖަހަން އަމުރު ނުކުރާ ކަމަށާއި މިހެންވެ މައާފަށް ނޭދޭނެ ކަމަށާއި ނަމަވެސް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށް ހަސީނާ ކުރިން ބުނެފައިވެއެވެ.

ހަސީނާގެ ޣައިރު ހާޒިރުގައި ބަނގްލަދޭޝްގެ ހާއްސަ ކޯޓަކުން އިއްޔެ މަރުގެ ހުކުމް އިއްވުމުން ހަސީނާ ބުނީ އެއީ "ކެންގަރޫ ކޯޓް" ނުވަތަ އިންސާފުގެ ބަދަލުގައި، ކޮންމެ ގޮތެއް ހަދައިފައި ވެސް އޭނާއާ ދެކޮޅަށް ހުކުމެއް އިއްވަން ގާއިމުކުރި ކޯޓެއް ކަމަށެވެ.

ހަސީނާގެ ބައްޕަ އަދި ބަނގްލަދޭޝްގެ ބާނީ މުޖީބުއްރަހްމާންގެ ގެ ކައިރީގައިކުރި މުޒާހަރާއެއް ފުލުހުން ރޫޅައިލަނީ

ހަސީނާއާ ދެކޮޅަށް ދައުވާކުރީ "ކްރައިމްސް އަގެއިންސްޓް ހިއުމަނިޓީ" ނުވަތަ "އިންސާނީ ޖަރީމާ" ހަސީނާ ހިންގިކަމަށެވެ. ހަސީނާ ވަނީ އެ ކަމާ ސީދާ ދެކޮޅު ހަދައިފައެވެ.

"އެ ކޯޓަކީ ތައައްސުބު ގެންގުޅޭ، އަދި ސިޔާސީ ކުލަ ޖެހިފައިވާ ޓްރައިބިއުނަލްއެއް. ހުކުމާއި ފަނޑިޔާރުންގައި ވެސް ވަނީ ތައައްސުބު،" ހަސީނާ ބުންޏެވެ.

"ހުކުމް ކުރިޔަދީ. އަހަރެންގެ ފަރުވާލެއް ނެތް. އަހަރެންނަށް މާތް ކަލާނގެ ފުރާނަ ދެއްވީ. އަހަރެންގެ ގައުމުގެ މީހުންނަށްޓަކައި އަހަރެން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން،" ހުކުމާ ދެކޮޅު ހެދީ ކީއްވެކަން ދިފާއު ކުރަމުން ހަސީނާ ބުންޏެވެ.

މަރުގެ ހުކުމް އިއްވުމުން ގައުމުގައި ހަމަނުޖެހުން ހިންގައިފައިނެތީ ބަނގްލަދޭޝްގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ބަނގްލަދޭޝްއިން އެދެމުންދަނީ ހަސީނާ އަނބުރާ ފޮނުވައިދިނުމަށެވެ. ނަމަވެސް އިންޑިއާއިން ހަސީނާ އެ ގޮތަށް އެކްސްޓްރެޑައިޓް ނުކޮށްދޭނެ ކަމަށާއި ސަބަބަކީ ހަސީނާގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ރަނގަޅުކޮށްދީފައިވާތީ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. ހަސީނާ ހަވާލުނުކޮށްގެން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން މިހާރު ވަނީ ގޯސްވެފައެވެ.

ހަސީނާއަކީ ޕާކިސްތާންގެ އަތުން ބަނގްލަދޭޝް މިނިވަންކޮށްދިން ބަނގްލަދޭޝްގެ ބާނީ ޝައިހް މުޖީބުއްރަހްމާންގެ ދަރިފުޅެވެ. ބަނގްލަދޭޝް މިނިވަންކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިނީ އިންޑިއާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *