Support Us

ބަނގްލަދޭޝް މީހުން ތިބި ބޯޓު ލީބިޔާގެ ބަނދަރަށް ގެނެސްފައި

ލީބިޔާ ކައިރިއަށް ފެތުނު ބޯޓަކުން ބަނގްލަދޭޝްގެ 4 މީހުން މަރު، ދެވަނަ ބޯޓަށް ވީ ގޮތެއް ނޭނގޭ

ހިޖުރަ ކުރުމުގެ ނިޔަތުގައި މީހުން ދަތުރު ކުރި ދެ ބޯޓުން ކުރެ އެއް ބޯޓު ލީބިޔާ ކައިރިއަށް ފެތި އޭގެން ބަނގްލަދޭޝްގެ ހަތަރު މީހުން މަރުވިއިރު ދެވަނަ ބޯޓުގެ މީހުންނަށް ވީ ގޮތެއް ނޭނގޭ ކަމަށް ލީބިޔާގެ ރެޑް ކްރެސެންޓް ޖަމިއްޔާއިން ބުނެފިއެވެ.

ބަނގްލަދޭޝް މީހުން ތިބި ބޯޓުގައި މުޅިއަކު 26 މީހުން ތިބި ކަމަށާއި ދެވަނަ ބޯޓުގައި ތިބީ 69 މީހުން ކަމަށްވެއެވެ. އެއީ މިސްރުގެ ދެ މީހުންނާއި ސޫދާން ބައެކެވެ. ދެވަނަ ބޯޓުގައި ކުޑަކުދިން ތިބި ކަމަށް ވެސް ވެއެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގެ ސަބަބުން ހާމަވަނީ މެޑިޓެރޭނިއަން ކަނޑަކީ ނުރައްކާތެރި ތަނެއް ކަމެވެ.

ހާބަރުތައް ބަލަހައްޓާ އިދާރާތަކާއި ލީބިޔާގެ ކޯސްޓް ގާޑުން ހާލުގައި ޖެހުނު މީހުންނަށް އެހީވި ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.

"ހިޖުރަކުރާ މީހުން ދަތުރުކުރާ މަގުތައް ރައްކާތެރި ތަންތަނަށް ހެދުމަށް ބައިނަލްއަގުވާމީ އެހީ މިހާރަށްވުރެ ބޮޑަށް ނުލިބޭ ނަމަ މި ކަހަލަ ހާދިސާތަކުގައި އިތުރު ފުރާނަތައް ގެއްލޭނެ،" އިންސާނީ އެހީ ދޭ ޖަމާއަތަކުން ބުންޏެވެ.

"އަދި މީހުން ހޯދައި ސަލާމަތް ކުރުމަށް ވެސް އަވަސް އެހީ ބޭނުންވޭ،" އެ ފަދަ ޖަމާއަތަކުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް