ޕެންޑެމިކްގެ ސަބަބުން ޖަރުމަންގައި ވަޅުޖެހިފައިވާ ސަގާފަތެއް ކަމަށްވާ މަޝްރޫމް ކެއުމަށް އާ ދިރުމެއް ލިބިއްޖެއެވެ.
މި އާދަ މިހާރު ފެންނަން ފެށީ ކޮވިޑްގައި މީހުން ފްލެޓްތަކުގައި ތާށިވެފައިވާ ތިބުމުގެ ބަދަލުގައި ދިރިއުޅުން ޖަންގަލިތަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. އަދި ސިޓީތަކުގައި އުޅޭ މީހުންނާއި ރިޓަޔާކޮށްފައިވާ މީހުން ވެސް މަޝްރޫމް ހޯދަން ޖަންގަލިތަކަށް ދާން ފަށައިފިއެވެ.
ޖަރުމަންގެ އެންމެ މަޝްހޫރު އެއް މަޝްރޫމް ތަޖުރިބާކާރު ކަމަށްވާ ވުލްފްގޭންގް ބިވައާ މީސްމީހުންނާއެކު ވަނީ ޖަންގަލިތަކަށް ދާން ފަށައިފައެވެ. އަދި އުމުރުން 75 އަހަރުގެ، ކުރިން މޫސުން ލަފާކުރާ ތަޖުރިބާކާރެއްގެ ގޮތުގައި މަސައްކަތްކުރި ވުލްފްގޭންގް ދަނީ ކެއުން އެކަށީގެންވާ މަޝްރޫމްގެ ބާވަތްތަކުގެ އިތުރުން ވިހަ މަޝްރޫމްތައް ފާހަގަކުރާނެ ގޮތް ވެސް ކިޔައިދެމުންނެވެ.
"އަހަރެން ކުރިއަށްގެންދާ މަޝްރޫމް ޓުއާތަކުގެ ބޭނުމަކީ ގުދުރަތީ ދިރުންތަކުގެ ނިޒާމުތަކުގައި މަޝްރޫމްގެ މުހިންމުކަން އަދި ތަފާތު ދިރުންތައް ހުރުމުގެ ވެސް މުހިންމުކަން އަންގައިދިނުން،" ވުލްފްގޭންގް ބުންޏެވެ.
އޭނާގެ ޓުއާތައް ރާވައިދޭ ކަރިން ފްލެޖެލް ބުނީ ވުލްފްގޭންގްގެ ޓުއާތައް އޮންނަނީ އަބަދުވެސް ފުރިފައި ކަމަށެވެ.
"މަޝްރޫމަށް ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާކަން އަހަރެމެންނަށް ވަނީ ފާހަގަކުރެވިފައި،" ކަރިން ބުންޏެވެ.



advertisment