އިންޑޮނޭޝިއާގެ ޖާވާ ޖަޒީރާއަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދެ މީހުން މަރުވެ، 21 މީހުން ގެއްލިއްޖެއެވެ.
ބިންގަނޑުގެ ހާލަތު ގޯސްވެފައިވާތީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ޓީމަށް އިއްޔެ ދަތިތަކާ ކުރިމަތިވި ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.
"ނަމަވެސް އިއްޔެ ހެނދުނު ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިން،" ގައުމީ ކާރިސާތަކާ ބެހޭ އިދާރާގެ ތަރުޖަމާނު އަބްދުލްމުހާރީ ބުންޏެވެ.
ގާފުނިތަކާއި ސުންނާފަތިވެފައިވާ ގެތައް ދަށުން މީހުން ނެރުމަށް އަތުން ބޭނުން ކުރާ އާލާތްތައް ވެސް ބޭނުން ކުރިއެވެ.
މި ހާދިސާ ކުރިމަތިވީ މި ހަފުތާގެ ކުރީކޮޅު ފެށުނު ބޯކޮށް ވާރޭ ވެހުން ކެނޑިނޭޅި ކުރިއަށް ދިއުމުން ފަރުބަދަތައް ކަނޑަކަނޑައިގެން ދާން ފެށުމުންނެވެ.



advertisment