ޕޯލޭންޑާއި ސްލޮވޭކިއާ ގުޅޭ ބޯޑަރުގައި ހިމާޔަތްކޮށްފައިވާ ކާޕޭތިއަން ބާވަތުގެ 350 ސާރިދޯޅު މި އަހަރު މަރަން ސްލޮވޭކިއާއިން ނިންމުމުން ޔޫރަޕް އިއްތިހާދަށް ތިމާވެށި ރައްކާތެރި ކުރާ ގްރޫޕް ގްރީންޕީސްއިން ޝަކުވާ ހުށަހަޅައިފިއެވެ.
ސްލޮވޭކިއާ ސަރުކާރުން ދެއްކި އުޒުރަކީ ސާރިދޯޅު ހަމަލާތައް ގިނަ ވުމާއި ސާރިދޯޅުގެ އާބާދީ ވެސް ބޮޑުވުމެވެ.
"ސާރިދޯޅަކީ ބޯޑަރު ދަންނަ މަހުލޫގެއް ނޫން،" ޕޯލޭންޑްގެ ގްރީންޕީސް ގޮފީގެ ތަރުޖަމާނަކު ބުންޏެވެ.
ގްރީންޕީސްގެ އެކްޓިވިސްޓަކު ބުނީ "އެހާ ގިނަ އަދަދެއްގެ ކާޕޭތިއަން ސާރިދޯޅު މަރައިލުމުން ޕޯލޭންޑްގައި އުޅޭ މި ބާވަތުގެ ސާރިދޯޅުގެ އާބާދީއަށް ނުރައްކާ ކުރާނެ" ކަމަށެވެ.
ބޯޑަރުގެ 30 ކިލޯމީޓަރު (18 މޭލު)ގެ ސަރަހައްދެއްގައި އުޅޭ ސާރިދޯޅު ނުމެރުމަށް ޕޯލޭންޑުން އެދުނެވެ. ނަމަވެސް ސްލޮވޭކިއާއިން އެ ކަމަށް ދިނީ ބީރު ކަންފަތެކެވެ.



advertisment