Support Us

ޣައްޒާގައި އެހީ ފޯރުކޮށްދޭ މަރުކަޒަކަށް މީހުން ޖަމާވެފައި

ޣައްޒާގެ 90 ޕަސެންޓް ރަށްވެހިން ބަނޑުހައިހޫނުކަމަށް ހުށަހެޅިއްޖެ

ޣައްޒާގެ 90 ޕަސެންޓް ރަށްވެހިން ބަނޑުހައިހޫނު ކަމަށް ހުށަހެޅިފައިވާ ކަމަށް، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދ.ގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ)އިން ބުނެފިއެވެ.

މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން، ދެ އަހަރު ދުވަހުގެ ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާއިރު ޣައްޒާގެ ކޮންމެ 10 މީހުން ތެރެއިން ނުވަ މީހުންނަށްވުރެ ގިނަ މީހުން ބަނޑަށްޖެހިފައިވަނީ އިންސާނީ އެހީ ދިނުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާތީ ކަމަށް އެ އިދާރާއިން ބުންޏެވެ.

"ކުޑަކުދިންނަށް އާއްމު ހާލަތުގެ ދިރިއުޅުމެއް ނެތް ކަމީ އަންނަން އޮތް ޖީލުތަކާ ހަމައަށް ފަލަސްތީންގެ މުޖުތަމައުގެ އަސާސީ ފޭރާން ނުރައްކަލަށް ހުށަހެޅިފައިވާ ކަމެއް،" އަންރުވާގެ ތަރުޖަމާނަކު ބުންޏެވެ.

އަވަށްޓެރި ތުރްކިޔެއިން ބުނީ ސުލްހަ ބަލަހައްޓާ ބައިނަލްއަގުވާމީ ފައުޖެއް ވާން ޖެހޭނީ ދާއިމީކޮށް ޣައްޒާ ހަނގުރާމަ ހުއްޓުވައިދެވޭނެކަމުގެ ޔަގީންކަން ދޭ ފަދަ ފައުޖެއް ކަމަށެވެ.

"އިންސާނީ އެހީ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޔަގީންކަން ވެސް ދެވެން ޖެހޭނެ،" ތުރްކިޔެއިން ބުންޏެވެ.

ޣައްޒާގެ ބޯޑަރުތައް ވަނީ އަދިވެސް ކޮންމެވެސް ވަރަކަށް ބަންދުކޮށްފައެވެ. ޣައްޒާ އާރާސްތުކުރުން ވެސް ވަނީ މަޑުޖެހިފައެވެ. މި ކަމާ ގުޅިގެން އާއިލާތައް ވަނީ ޓެންޓްތަކުގައި ބަންދުވެފައެވެ. އަދި ތިބެނީ ކޮންމެ ހިނދުކޮޅަކު ވެސް ހަމަލާއެއް އަތުވެދާނެތީ ބިރުންނެވެ.

"އަހަރެމެން މި ތިބީ ފުރާނަ އާއި މަރާ ދޭތެރޭގައި ތާށިވެފައި،" އެހީ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް