ހަނދާނެއް ފޮހެވިގެން ދުވަހަކު ނުދާނޭ ދުވަހެކޭ ބިރުވެރި
ވަދާޢީ ރޫޙުގައި ސިފައިން ކުރެއްވި ޖިހާދުވެސް ތެދުވެރި
ހިމޭންކަމުގައި ވަޠަންވަނިކޮށް ބަޑީގެ އަޑަށް ބިރުން ސިހިގެން
ހިމޭނުން އޮތް ހިތާއި މެޔާ ތެޅޭންފެށި ސަބަބު ވީ މެދުވެރި
ތަމަޅަ ބަޔާ ދިވެހި ޚާއިނު ބަޔަކު މައިމުގުލުގައި ތިބެގެން
އަމަނު ގައުމުގެ ނަގައިލައި ލޭ ބިމަށް އޮހޮރުވި ވެގެން ބައިވެރި
ފަހުގެ ޖީލެއް ލޮލުން ނުދެކޭ ދެމޭތަން ލޭގެ ކޯރު މިތާ
އަޚުން އެތަކެއް ޝަހީދުވެ ކޯރު ދެމުނޭ ލޭ ފޮދުން މަތިވެރި
ރަހީނު އެތައްބަޔަކު ކޮށްގެން "ޕްރޮގްރެސްލައިޓް"ގައި ދިޔައިރު
ޝަހީދުވެދިޔަ ދިވެހި އެތަކެއް ދަރީންނެއް ބަޑިޖަހައިގެން މެރި
ދިފާއު މިގައުމު ކޮށްދެއްވަން ރަޖީވް ގާނދީގެ އައި ލަސްކަރު
ހިފާހައްޔަރު ކުރީ ބާޢީން، ދިވެހި ސިފައިން ވެގެން އެކުވެރި
