Support Us

ޖޫހީ ޗާވްލާ

އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއަކީ މިއީކަން ގަބޫލްކުރަންތަ؟

އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއަކީ ކާކުތޯ ދިވެއްސެއް ކައިރީގައި ސުވާލުކޮށްފިނަމަ، ގިނަ ބަޔަކު ޖަވާބު ދޭނީ އައިޝްވާރިޔާ ރާއީ ނުވަތަ ޕްރިޔަންކާ ޗޯޕްރާގެ ނަމުން ކަމީ ޔަގީން ކަމެކެވެ. މި ދެ ބަތަލާއިންނަކީވެސް ދުނިޔޭގެ ފެންވަރުގައި މަޝްހޫރުކަން ހޯދައިފައިވާ ފަންނާނުންނެވެ. ނަމަވެސް، އެންމެ މުއްސަނދި ބަތަލާއަކީ އެމީހުންނެއް ނޫނޭ ބުނުމުން، ދެން ބުނާނީ އާލިޔާ ބަޓާއި ދީޕިކާ ޕަދޫކޯން ފަދަ ބަތަލާއިންގެ ނަންތަކެވެ. އެއްވެސް މީހަކަށް އެއީ ޖޫހީ ޗާވްލާ ކަމަށް ހިތަށް ނާރާނެއެވެ.

ޖޫހީ ޗާވްލާގެ ނަން އަޑު އިވުމުން ގިނަ ބަޔެއްގެ ސިކުނޑިއަށް އަންނާނީ 90ގެ އަހަރުތަކުގެ ކުރީކޮޅު މަޝްހޫރުވި "ގަޒަބް ކާ ހޭ ދިން" ކިޔާ ލަވައެވެ. ޖޫހީ އަކީ އޭރުން ފެށިގެން ޖޫހީއަކީ ރީތިކަމާއި ފުރިހަމަ އެކްޓިންއެއް ދައްކުވައިދޭ، މަޖާ ގޮތްގަނޑެއް ގެންގުޅޭ ބަތަލާއެއްގެ ގޮތުގައި މީހުންގެ ހިތްތަކުގައި ހަރުލައިފައިވާ ފަންނާނެކެވެ. އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއަކީ ޖޫހީ ކަމަށް ބުނުމުން ގިނަ ބަޔަކު އަޖައިބުވާނެކަން ޔަގީނެވެ. މި ފަހަކަށް އައިސް ޖޫހީ ބޮޑު ސްކްރީނަކުން ފެނުނު ދުވަހެއް ވެސް މީހެއްގެ ހަނދާނަކަށް ނާންނާނެއެވެ.

ނަމަވެސް ހަގީގަތަކީ، 2012 ވަނަ އަހަރުން ފެށިގެން ބޮކްސް އޮފީހުގެ ބޮޑު ކާމިޔާބީއެއް ނުލިބި، ފިލްމީ ދާއިރާއިން އެހާ ބޮޑަށް ހަރަކާތްތެރިނުވާ ޖޫހީ އަކީ ހަމައެކަނި އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއެއް ނޫނެވެ. އޭނާގެ މުއްސަނދިކަމާ ވާދަކުރާ ހަމައެކަނި ބަތަލަކީ ޝާހް ރުކް ހާނެވެ. ޖޫހީގެ މުއްސަނދިކަމުގެ ޖުމްލަ އަގު 7790 ކްރޯޑް ރުޕީސް އަށް (ގާތްގަނޑަކަށް 880 މިލިޔަން ޑޮލަރަށް) އަރައެވެ. މިއީ އަމީތާބު ބައްޗަންގެ މުއްސަނދިކަމަށް ވުރެ ދެގުނަ ބޮޑެވެ. އެންމެ މަޝްހޫރު އައިޝްވާރިޔާގެ މުއްސަނދިކަމުގެ އަގަކީ 880 ކްރޯޑް ރުޕީސް (100 މިލިއަން ޑޮލަރު) އެވެ. މި އާދަޔާ ހިލާފު މުއްސަނދިކަމާއެކު ޖޫހީ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ފިލްމީ ތަރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

 

ޖޫހީގެ މުއްސަނދިކަމުގެ އެންމެ ބޮޑު ބައެއް ލިބެނީ، އިންޑިއަން ޕްރިމިއާ ލީގުގެ އެންމެ އަގުހުރި ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ކޮލްކަތާ ނައިޓް ރައިޑަރސް (ކޭކޭއާރު) ގައި އޮތް އޭނާގެ ހިއްސާއިންނެވެ. ކޭކޭއާރުގެ ހިއްސާދާރުންނަކީ ޖޫހީގެ ފިރިމީހާ ޖޭ މެހެތާގެ އިތުރުން ޝާހް ރުކް ހާނެވެ. މި ހިއްސާ އޮންނަނީ ރެޑް ޗިލީސް އެންޓަޓެއިންމަންޓް އަދި މެހެތާ ގްރޫޕް މެދުވެރިކޮށެވެ. ކޭކޭއާރުން އައިޕީއެލް 2024 ގެ ތަށި ހޯދުމަށްފަހު އެ ޓީމުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ.

ޖޫހީ އަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ތަރިއެކެވެ. ނަމަވެސް 2000 ގެ އަހަރުތަކަށްފަހު އޭނާ ވަނީ ސަޕޯޓިން ރޯލުތައް ކުޅެން ފަށައިފައެވެ. އަދި 2010 އިން ފެށިގެން އޭނާ ހަރަކާތްތެރިވެފައި ވަނީ ވަރަށް މަދު ފިލްމުތަކެއްގައެވެ. އޭގެ ތެރޭގައި 'ގުލާބް ގޭންގް’، 'ޗޯކް އެންޑް ޑަސްޓަރ’، 'އޭކް ލަޅްކީ ކޯ ދޭކާ ތޯ އައިސާ ލަގާ’، 'ޝަރްމާޖީ ނަމްކީން' އަދި 'ފްރައިޑޭ ނައިޓް ޕްލޭން' ފަދަ ފިލްމުތައް ހިމެނެއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ޖޫހީ ކުޅެފައިވާ ގާތްގަނޑަކަށް ހުރިހާ ފިލްމުތަކަކީ ކުދި އިންޑިޕެންޑެންޓް ފިލްމުތަކެވެ. އޭނާގެ ފަހު ބޮކްސް އޮފީސް ކާމިޔާބަކީ 2012 ވަނަ އަހަރު އަޖޭ ދޭވްގަންއާއެކު ކުޅުނު 'ސަން އޮފް ސަރުދާރު' އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *