މުޙައްމަދު މުޞްޠަފާގެ ޝަރީޢަތަކުނެތް ޡުލުމު ދޭނެ ގޮތެއް
މުޙައްބަތު ފިޔަވައެއް ހިތަކަށް ނެތޭ ރުޅި ވެއްދިދާނެ ގޮތެއް
ޢަދާވާތްެތެރިއަކާ މެދުވެސް ނުވަތަ މަޙުބޫބަކާ މެދުވެސް
ތަދާ ވޭނާ ހިތަށް ލިބިދޭ ކަމެއް ނެތް ހުއްދަވާނެ ގޮތެއް
ތިމާގެ އަމިއްލަ ނަފުސު އެކަންކަމާމެދު ނުރުހެވޭ ކަންކަން
ތިމާފަދަ އަނެކުނަށް ލިބުމަށް ނެތޭ ރުހުމެއް ރުހޭނެ ގޮތެއް
ޚިޔާނާތާ މަކަރު ޚީލަތް ހެދުންވެސް ހުއްދަ ނޫން ފަދައިން
ނިޔާއެއް ޙައްޤުނޫން އިއްވައި ނެތޭ އަނިޔާ ދެވޭނެ ގޮތެއް
ސަފުން ޒިންމާ އަދާކުރުމުގެ މަގާމަކު އިސްވެގެން ހުރެގެން
ނަފުސު އެދުނަސް އަމިއްލައެދުން ނެތޭ އިސްކޮށްހެދޭނެ ގޮތެއް
ނުފޫޒާ ރިޝްވަތުން އެދުމެއް ނުފުއްދޭ ޢަދުލުވެރި ދުވަހުން
ނުފޫސުތަކަށް ތަބާވެ ކުރާ ކުށުން ނެތް މިންޖުވާނެ ގޮތެއް
ހިތަށްއެރިހައި ކަމެއްކޮށްގެން އުޅޭންއޮތް ދުނިޔެއެއް ކަމުގައި
ހިތައިގެން މިތަނުގައި އުޅެފައި އެދުހުނެތް މިންޖުވާނެ ގޮތެއް
