Support Us

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރި ހަނގުރާމައިގައި ކުރިމަތިވި ގެއްލުންތަކާއި ނާކާމިޔާބުތައް

ތިރީގައި މި ވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރި ހަނގުރާމައިގައި ކުރިމަތިވި ގެއްލުންތަކާއި ނާކާމިޔާބުތަކެވެ.

  • އިޒްރޭލުގެ ސިފައިންގެ ތެރެއިން ހަތްހާސް މީހުން މަރުވުން.
  • ފަންސަވީސް ހާސް ސިފައިން ނުކުޅެދޭ މީހުންނަށް ބަދަލުވެ ސިފައިންގެ އަސްކަރީ ޚިދުމަތުން އެކަހެރި ކުރެވުން.
  • އިޒްރޭލަށް ސަތޭކަ ފަންސާސް ބިލިއަން ޑޮލަރުގެ ގެލުންވުން.
  • އަރަބިންނާއި އިޒްރޭލުގެ ގުޅުންތައް ނޯމަލައިޒް ކުރުމުގެ ޕްރޮގްރާމް ނާކާމިޔާބުވުން.
  • ފަލަސްތީނުގެ މައްސަލަ އޮއްބާލައި، ދުނިޔެއިންވެސް ފުހެލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުން.
  • ބައިނަލް އަޤްވާމީ ފެންވަރުގައި އިޒްރޭލް ބަދުނާމުވެ އަގުވެއްޓުން.
  • އިޒްރޭލުގެ އުސްޠޫރީ (ލެޖެންޑްރީ) ފޮނިކަމާއި ހޯދައިގަނެގެން އުޅުން ރީތިނަން ބަރުބާދުވެ ނެތިގެން ދިއުން.
  • ބޭރުގެ ގައުމުތަކާއެކު، އުފައްދައިފައިވާ ޚާރިޖީ ގުޅުންތަކާއި އިގްތިސޯދީ ގުޅުންތައް ގެއްލި ހީނަރުވެގެން ދިއުން.
  • ހަތިޔާރުގެ ގޮތުން ނާކާމިޔާބުވެ ގެއްލުންތަކާ ކުރިމަތިލާންޖެހުން.
  • ނަތަންޔާހޫގެ ސަރުކާރުގެ އިތުބާރު ޔަހޫދީންނަށް ގެއްލުން.
  • ޣައްޒާ ހިފުމަށް ރޭވި އެންމެހާ ރޭވުންތައް އިނދަޖެހުން.
  • އިޒްރޭލްގެ އެތައްހާސް ގެޔެއް ފުނޑިބިމާހަމަވުން.
  • އިޒްރޭލަށް ލިބިފައިވާ ބައިނަލް އަގުވާމީ ހައިބަތު ގެއްލި އަގުވެއްޓުން.
  • އިޒްރޭލަށް ލިބިފައިވާ ހުޅަނގު ދުނިޔޭގެ ތާއީދު ގެއްލުން.
  • އިޒްރޭލުގެ އެތެރޭގެ އަމްނުއަމާންކަމާއި ހަމަޖެހުން ގެއްލުން.
  • ގައުމުގެ އެތެރޭގެ އެއްބައިވަންތަކަމާއި އެކަތިގަނޑަކަށް ވުމުގެ ރޫޙު ނެތިގެން ދިއުން.
  • އިޒްރޭލްގެ ޢަސްކަރީ ލީޑަރުންނާއި ކޮމާންޑަރުންތައް ނެތިގެން ދިއުން.
  • އިޒްރޭލްގެ ލަޝްކަރަކީ ބަލިކޮށްނުލެވޭނެ ލަޝްކަރެއް ކަމަށް ފެތުރި ޕްރޮޕަގެންޑާ ފަޅާއެރުން.
  • އިޒްރޭލްގެ މޮޅު ޓެކްނޮލޮޖީގެ ފޮނި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ފަޅާއެރުން.
  • ސަރަހައްދީ ގޮތުން އިޒްރޭލަށް ލިބިފައިވާ އަސްކަރީ ނުފޫޒުން މަޙްރޫމްވުން.
  • އަރަބި ބައެއް ގައުމުތަކާ ސިއްރުން ބާއްވައިގެން އުޅުނު ސިޔާސީ ގުޅުންތައް ހީނަރުވުން.
  • ޣައްޒާގެ މުޖާހިދުންގެ ހިތްވަރާއި ސާބިތުކަމުގެ ކުރިމަތީގައި އިޒްރޭލް ފިނޑިވެ ބަލިކަށިވުން.
  • ދުނިޔޭގެ ކުރިމަތީގައްޔާއި އިސްރާއީލީ މުޖްތަމައުގެ ކުރިމަތީގައި އިޒްރޭލްގެ މީޑިޔާގެ ނަޒާހާތްތެރިކަމާ ތެދުވެރިކަން ގެއްލުން.
  • އިޒްރޭލަށް ފައިދާއެއް ނެތް ހަނގުރާމައެއްގައި އެ ގައުމުގެ ޒުވާން ޖީލެއް ފަނާވެގެން ދިއުން.
  • އިޒްރޭލުގެ ސިޔާސީ މުސްތަޤްބަލް ފަނާވެގެން ދިއުން.
  • އިޒްރޭލާމެދު ބައިނަލް އަޤްވާމީ މުޖްތަމައުގެ ކެތްތެރިކަން ކޮޅުންލުން.
  • އިޒްރޭލްއަށް ލިބިފައިވާ ހުރިހާ މޮޅަކުން މަހްރޫމްވުން.

މާތް الله އިރާދަކުރެއްވިޔާ ކުރިޔަށްވެސް އޮތީ އިޒުރޭލަށް އިތުރު ނާކާމިޔާބީ ތަކެވެ.

إنشاءالله.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *